
ކުރިމިނަލް ކޯޓުގެ މުއްދަތު މަޖިލީހަށް ހާޒިރު ކުރުމުން ދިވެހި ބަސް ނޭނގޭ ކަމަށް ބުނީ އުމުރުން 39 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އޭނާގެ ނަމަކީ ހަސަން އަޖުއާން، މ. ފެންވިނައެވެ. ދިވެހި ބާސް ނޭނގޭ ކަމަށް އޭނާ ބުނުމުން، ޝަރީއަތުން އޭނާއަށް ތަރުޖަމާނަކު ހަމަ ޖައްސައްސަން ފުރުސަތު ދިންކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެ އެވެ.
މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރި މި މީހާގެ މަޖިލީހުގައި އޭނާ އެދުނީ ތަރުޖަމާނަކު ހަމަޖައްސައިދިނުމަށެވެ. އެހެންކަމުން ކޯޓުން އޭނާއަށް އެ ފުރުސަތު ދީފައިވާ ކަމަށް އެ އަމުރުގައި ބުނެފައިވެއެވެ. އޭނާ ބަންދުކޮށްފައިވަނީ އެއް ދުވަހުގެ މުއްދަތަށެވެ.
ބެލެވޭ ގޮތުގައި ތަރުޖަމާނަކާއެކު އޭނާ މާދަމާ އަލުން ކޯޓަށް ހާޒިރު ކުރާނެއެވެ. ކްރިމިނަލް ކޯޓުން މިއަދު، އެއް ދުވަހަށް އޭނާ ބަންދު ކުރުމަށް އަމުރު ނެރުނީ ފަނޑިޔާރު އައިޝަތު ނުޒުހާއެވެ.