މީހަކު ރަހީނުކުރި ކަމުގެ ތުހުމަތުގައި މާލޭން މީގެ ދެތިން ދުވަސް ކުރިންވެސް ތިން ފިރިހެނުން ހައްޔަރުކޮށްފައިވެއެވެ. ޒުވާން އަންހެން ކުއްޖަކު ހައްޔަރުކޮށްފައިވަނީ އޭގެ ފަހުންނެވެ. ޒުވާން އަންހެން ކުއްޖާ ހައްޔަރު ކުރި މައްސަލައާ ކުރީގެ މައްސަލައާ ގުޅުމެތް އޮތް ކަމެއް ނޭނގެއެވެ.
ހުއްދަ ނޫން ގޮތުގައި މީހަކު ހިފެހެއްޓުމާ، ފޭރުމާ، މާރާމާރީއަށް ތުހުމަތު ކުރެވޭ މި އަންހެން ކުއްޖާއަކީ އުމުރުން 18 އަހަރުގެ ކުއްޖެކެވެ. އޭނާ ނިސްބަތްވަނީ ޅ. ނައިފަރަށެވެ.
އޭނާ ހައްޔަރުކޮށް ކޯޓަށް ގެންދިޔުމުން 15 ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށްވަނީ އަމުރުކޮށްފައެވެ. މި ހާދިސާއަކީ މި އަންހެން ކުއްޖާ މީހަކަށް ގުޅައިގެން ގެސްޓް ހައުސްއަކަށް ގެންގޮސް ހިނގި ކަންތައްތަކަކާ ގުޅޭ މައްސަލައކެވެ.