ads
އީސްޓް އޭޝިއާގެ މަލްޓި ސްޕެޝަލްޓީ ސަޕްލަޔަރު "އީސްޓަން ވިންގްސްކޯ" ރާއްޖެއަށް!
އީސްޓް އޭޝިއާގެ ވަރަށް މަގުބޫލު، މަލްޓި ސްޕެޝަލްޓީ ސަޕްލަޔަރެއް ކަމުގައިވާ "އީސްޓަން ވިންގްސްކޯ" ގެ ރާއްޖޭގެ އެޖެންޓަކަށް “ސީޕޯޓް މޯލްޑިވްސް” އާއި ރާއްޖޭގައި ގޮދަޑި މެނުފެކްޗާރ ކުރާ "މިލާންސް ޕްރައިވެޓް ލިމިޓެޑް" ހަމަޖައްސައިފިއެވެ.

އީސްޓަން ވިންގްސްކޯ އަކީ ޔޫރަޕާއި، އެމެރިކާ، މިޑްލް އީސްޓް، އެފްރިކާ ފަދަ މާކެޓްތަކަށް ޖެނެރަލް ހާރޑްވެއާގެ އިތުރުން، ކޮންސްޓްރަކްޝަން މެޓީރިއަލް އާއި އެކު, އެކި ވައްތަރުގެ މެޝިނަރީއާއި، އިކްއިޕްމަންޓް، އިންޖިނިއަރިން އަދި ޓެކްނޮލޮޖީ ފަދަ އެކި ދާއިރާ ތަކާއި ގުޅޭ ވަރަށް ގިނަ ޕްރޮޑަކްޓްތައް ޑިސްޓްރިބިއުޓް ކުރުމުގައި މަޝްހޫރު ކަން ހޯދާފައިވާ ކުންފުންޏެކެވެ. ރާއްޖޭގެ އެޖެންޓްންގެ ގޮތުގައި ސީޕޯޓް މޯލްޑިވްސްއާއި މިލާންސް ޕްރައިވެޓް ލިމިޓެޑް, ހަމަ ޖެހުނީ މި ޑިސެންބަރު މަހު ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި ކުރިއަށް ދިޔަ ދުނިޔޭގެ އެންމެ ބޮޑު ޑިޖިޓަލް މާކެޓިން ކޮންފަރެންސް " އޭ ޑަބްލިއު ކޮންފަރެންސް " ގައި ވެވުނު ޚާއްސަ ވިޔަފާރީގެ އެއްބަސްވުމެއްގެ ދަށުންނެވެ.

އީސްޓަން ވިންގްސްކޯ ގެ ދިވެހި އެޖެންޓަކަށް ސީޕޯޓް މޯލްޑިވްސް އާއި މިލާންސް އައްޔަން ކުރެވުނީ ރާއްޖޭގެ މާކެޓަށް ސަޕްލައި ކުރުމުގައި ދިވެހި ކަސްޓަމަރުންނާއި ގާތުން ސީދާ ވާހަކަ ދެކެވޭނެ ގޮތް ހެދުމާއި، ޕޭމަންޓް ހެދުމުގައި އިތުބާރު ހުރި ފަސޭހަގޮތްތައް މަގުފަހި ކުރުމަށެވެ. 

އީސްޓަން ވިންގްސްކޯ ގެ ފަރާތުން ވާހަކަ ދެއްކި އެކުންފުނީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ، ޑޭވިޑް ވިދާޅުވީ ރާއްޖޭގެ މާކެޓްގައި ރިސޯޓް ތަކާއި، ޕަބްލިކް ކުންފުނި ތަކާއި ބޮޑެތި ޕްރޮޖެކްޓް ތަކާއި ޚިލާފަށް، ވަކި ވަކި ކަސްޓަމަރުންނާއި ކުދި ވިޔަފާރިތަކަށް ބޭނުންވާ ސާމާނު ސަޕްލައި ކުރުމުގައި ކަސްޓަމަރުންނަށް ސީދާ ވާހަކަ ދެކެވޭނެ މަގު އޮތުމުން އިތުބާރު ލިބި ޕޭމަންޓް ހެދުމުގައި ވެސް ފަސޭހަ ވެގެންދާނެއެވެ. އަދި ކަސްޓަމަރުންގެ މުދާތަކާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ރާއްޖޭގެ އެޖެންޓުންގެ ފަރާތުން ވަގުތުން ހޯދާލެވޭނެއެވެ. އަދި ޑޭވިޑް ވިދާޅުވި ގޮތުގައި ރާއްޖޭގެ މާކެޓަށް ބަލާއިރު ވަރަށް ގިނައިން ތަފާތު އެކި ވައްތަރުގެ ޕްރޮޑަކްތަކުގެ ރިކުއެސްޓް ލިބެއެވެ.

 

your imageއެޖެންޓްކަން ހަވާލު ކުރުމަށް ފަހު ލިޔުން ހަވާލު ކުރަނީ-- ފޮޓޯ:އީސްޓަން ވިންގްސްކޯ

ރާއްޖޭގައި ވެއާހައުސިންގެ ދަތިކަން އޮންނާތީ ވަރަށް ގިނައިން މާކެޓުން މުދާ ހުސްވެ ޕްރޮޖެކްތައް ލަސްވުން ފަދަ ކަންކަން ވެސް ވަރަށް ގިނައިން ދިމާވެއެވެ. އެހެންކަމުން، ސީޕޯޓް މޯލްޑިވްސް  އަދި މިލާންސް އާއި އެކު ވެވިފައިވާ އެއްބަސް ވުމުގެ ދަށުން ޕްރޮޑަކްޓުތައް ސޯސް ކޮއްދިނުމުގެ އިތުރުން ރާއްޖޭގައި ކަސްޓަމްސް ކުލިއާކޮށް ކަސްޓަމަރުން އަތަށް އަވަހަށް މުދާ ލިބޭނެ ގޮތް ވަނީ ހަމަޖެހިގެން ގޮސްފައެވެ. އަދި މިކަމާއި ގުޅޭ މައުލޫމާތު ސީދާ ދިވެހިރާއްޖޭގެ އެޖެންޓްންގެ ފަރާތުން ވަގުތުން ލިބޭނެވެ.

ދިވެހިރާއްޖެއަކީ ތަރައްގީ ވަމުން އަންނަ ގައުމަކަށް ވެފައި، ވަރަށް ގިނަ އެކި ވައްތަރުގެ ކޮންސްޓްރަކްޝަން ޕްރޮޖެކްޓް ތަކާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އުފެދި ތަރައްގީ ވަމުން އަންނަ އިރު މިއީ ފަސޭހަކަމާއިއެކު ބޭނުންވާ ސާމާނު ލިބޭނެ މަގެކެވެ. އީސްޓަން ވިންގްސްކޯގެ ޕްރޮޑަކްޓްތަކާއި ޚިދުމަތްތަކުގެ މައުލޫމާތު ފޯރުކޮއްދިނުމަށް މިލާންސް ޕްރައިވެޓް ލިމިޓްޑްގެ ޝޯރޫމް ގައި ހޮޓްލައިން އެއްވެސް ވަނީ ގާއިމް ކުރެވިފައެވެ. މިލާންސް ޕްރައިވެޓް ލިމިޓެޓްގެ ޝޯރޫމް ހުންނަނީ އަމީނީ މަގުގައި ދަރުބާރުގޭގެ މައި ދޮރާށި ކުރިމަތީގައެވެ. އަދި އީސްޓަން ވިންގްސްކޯ ގެ ވެބްސައިޓް، https://easternwingsco.com ، ގައިވާ ޕްރޮޑަކްޓު ތަކުގެ އިތުރުން، ކަސްޓަމަރުން ބޭނުންވާ އެހެނިހެން ޕްރޮޑަކްޓުތައް ހޯދުމަށް ވެބްސައިޓް މެދުވެރިކޮށް ރިކްއެސްޓް ކޮއްލެވޭނެއެވެ.

މިލާންސް ޕްރައިވެޓް ލިމިޓެޑްގެ ޝޯރޫމްގައި ވާ އީސްޓަން ވިންގްސްކޯގެ ހޮޓްލައިން އަކީ 7220623

އީސްޓަން ވިންގްސްކޯގެ އިންޓަނޭޝަނަލް ޑައިރެކްޓް ލައިން  +66925367147  އީމެއިލް [email protected]

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް