މިއަދު ހަވީރު ކުޅޭ މެޗުގައި ވާދަކުރާނީ ދިވެހި ލީގުގެ ޕޮއިންޓް ޓޭބަލްގެ އެއްވަނައިގައި އޮތް މާޒިޔާއާ ދެވަނައިގަ އޮތް އީގަލްސްއެވެ. ލީގުގެ އެއްވަނައިގައި އޮތް މާޒިޔާ އަށް މެޗު އެއްވަރުކޮށްލައިގެން ވެސް ޗެމްޕިއަންކަން ދިފާއު ކުރެވޭނެ އެވެ. އީގަލްސްއަށް އޮތީ މޮޅުވުމެވެ.
މިއަދު މާޒިޔާ އާއި އީގަލްސް ކުޅޭ މެޗު ކުޅެން، ކުރިން ހަމަޖައްސާފައި އޮތީ ރޭގަނޑަށެވެ. ނަމަވެސް ގަލޮޅު ދަނޑުގެ ލައިޓްތަކުގެ މައްސަލަ ދިމާވާތީ، މެޗު މިއަދު ހަވީރަށް ވަނީ ބަދަލުކޮށްފަ އެވެ.
މިއަދު މެޗާއެކު ދިވެހި ލީގު ނިމޭއިރު، ލީގު ކުރިން އޮތީ ތިން ބުރު ކުޅޭށެވެ. އެކަމަކު ފަހުން ނިންމީ، ތިންވަނަ ބުރު ނުކުޅޭށެވެ. ދެވަނަ ބުރުގެ މެދު ތެރެއިން މާލީ މައްސަލަތަކާހުރެ ދެ ކްލަބަކުން ނަންވެސް ނެގިއެވެ.