ads
ގައުމީ ސަލާމްކިޔުން ހުއްދަ: ފަތުވާ މަޖިލީސް
ގައުމީ ސަލާމްކިޔުމަކީ ހުއްދަ ކަމެއް ކަމަށް ރާއްޖޭގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން މިއަދު ނިންމައިފި އެވެ.
Advertisement

އެ މަޖިލީހުން ނެރުނު ފަތުވާގައި ބުނީ ގައުމީ ސަލާމް ކިޔުމާއި ގައުމީ ދިދައަށް ސަލާމްކުރުމާއި ގައުމީ ސަލާމް ކިޔާ ވަގުތު ކޮޅަށް ތެދުވެ ހުރުމާއި ގައުމީ ސަލާމް ކިޔާ ވަގުތު މޭމަތީގައި އަތް ބޭއްވުމަކީ އިސްލާމް ދީނުގައި ކަނޑައަޅާފައިވާ އެއްވެސް އަޅުކަމަކާ ގުޅުމެއް އޮތް ކަމެއް ނޫން ކަމަށެވެ. 

އެއީ އާދަތަކާ ގުޅިފައިވާ ކަމެއް ކަމަށާއި އާދަތަކުގެ އަސްލަކީ ހުއްދަވުން ކަމަށް އެ މަޖިލީހުން ބުންޏެވެ.

"އާދަކާދަތަކުގެ އަސްލަކީ ހުއްދަވުމެވެ. އާދަކާދައާ ގުޅޭ ކަމެއް ހަރާމްކަމަށް ކަނޑައެޅޭނީ، ސަރީހަ ދަލީލަކުން ސާބިތުވުމުންނެވެ،" ފަތުވާގައި ބުނެފައިވެ އެވެ.

ގައުމީ ސަލާމް ކިޔުމާއި، ގައުމީ ސަލާމް ކިޔާ ވަގުތު ކޮޅަށް ތެދުވެ ހުރުމާއި، ދިވެހި ގައުމީ ދިދައަށް ސަލާމް ކުރުމާއި، ގައުމީ ސަލާމް ކިޔާއިރު ޝަރުއީ އަޅުކަމެއް އަދާކުރުމުގައި ހަށަމަށް ދެއަތް ބަނދެގެން ހުންނަ ގޮތް ނޫން ގޮތަކަށް މޭމަތީގައި އަތްދަނޑި ބޭއްވުމަކީ އިސްލާމް ދީނުގައި ކަނޑައެޅި ބަޔާންވެގެންވާ އެއްވެސް އަޅުކަމާ ގުޅުމެއް އޮތްކަމެއް ނޫން ކަމަށް އެ ފަތުވާފައި ވަނީ ބުނެފައެވެ.

އެހެންކަމުން ގައުމީ ސަލާމް ކިޔުމާއި އެ ލަވައަށް އިހުތިރާމް އަދާކުރުމުގެ ގޮތުން ކުރާ ކަންކަން ހަރާމް ކަންކަން ގޮތުގައި ކަނޑަނޭޅޭނެ ކަމަށް ފަތުވާ މަޖިލީހުން ބުނެ އެވެ.

"އެހެންކަމުން މަތީގައި ބަޔާން ކުރެވުނު މައްސަލަ ދިރާސާ ކުރުމުން އެނގި ހާމަވީ މިކަން ހަރާމް ކުރާނެ ސަރީހަ ދަލީލެއް ނެތުމުން މިއީ ހުއްދަ ކަމެއް ކަމަށް،" އެ ފަތުވާގައިވެ އެވެ.

އެހެންވެ، ފަތުވާ މަޖިލީހުން ނިންމާފައިވަނީ އެކަން ހަރާމްކުރާނެ އެއްވެސް ސަރީހަ ދަލީލެއް ފެނިފައިނުވާތީ ހުއްދަ ކަމެއް ގޮތުގައި ކަނޑައަޅާށެވެ.

ގައުމީ ސަލާމް ކިޔުމަކީ ހުއްދަ ކަމެއް ކަމުގައި ފަތުވާ މަޖިލީހުން ކަނޑައެޅިއިރު، ގައުމިއްޔަތަށް ލޯބި ޖެއްސުމަށް، ސްކޫލުތަކުގެ ކިޔެވުން ގައުމީ ސަލާމުން ފަށާ ގޮތަށް ރައީސް ޑރ. މުއިއްޒުގެ އެޑްމިނިސްޓްރޭޝިންގެ ކެބިނެޓުން ވަނީ މި މަހުގެ 5 ވަނަ ދުވަހު ނިންމައިފަ އެވެ.

ފަތުވާ މަޖިލީހުގައި މި ވަގުތު ތިއްބެވީ؛

  1. ރައީސް: ޝެއިހު ޑރ. މުހައްމަދު ރަޝީދު އިބްރާހިމް
  2. ނައިބު ރައީސް: ޑރ. އަބްދުއްސައްތާރު އަބްދުއްރަހްމާން
  3. މެމްބަރު: ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ
  4. މެމްބަރު: ޝެއިހު އިލްޔާސް ހުސެއިން
40%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
40%
ވަރަށް ސަލާމް
ކޮމެންޓްސް