ads
އަނުޝްކާ 2 ވަނަ ދަރިއެއްގެ އުއްމީދުގައި!
އަނުޝްކާ ޝަރްމާ އާއި ވިރާޓް ކޮލީ ދެ ވަނަ ދަރިއަކު ހޯދުމަށް ޕްލޭންކޮށް އެކަމަށް ފޮނި ހުވަފެން ތަކެއް ދެކެމުން އަންނަ ކަމަށް އަނުޝްކާ ބުނެފި އެވެ.

ނަމަވެސް މިހާތަނަށް މި ދެމަފިރިންނަށް ވެސް އަނުޝްކާ ބަލިވެއިން ކަން ނޫނީ ނޫންކަން އަދި ކަށަަވަރެއް ނުވެއެވެ. 

އިންސްޓަ ގްރާމްގައި އަނުޝްކާ ކޮށްފައިވާ ޕޯސްޓްގައި މާ ދޫ ހެދުމެއް ލައިގެން ބަނޑު ފޮރުވަން މަސައްކަތް ކޮށްފައިވާ ކަމަށް އެ ޕޯސްޓަށް ކޮމެންޓް ކޮށް އަނުޝްކާގެ ފޭނުން ވަނީ ބުނެފަ އެވެ.

އަނުޝްކާ އެ ޕޯސްޓް ކޮށްފައިވަނީ ޕްރެގްނެންސީ ކިޓް އިސްތިހާރު ކުރުމުގެ ގޮތުން ކަމަށް އަނުޝްކާ ޝަރްމާ ބުނެފައިވެއެވެ.

your imageއަނުޝްކާ އާއި ވިރާޓް އަނުޝްކާ ބަލިވެއިން ކަމަށް ޝައްކު ކުރެވޭ، މީޑިއާގައި ޝެއާ ކޮށްފައިވާ ފޮޓޯ - ފޮޓޯ: އަނުޝްކާ

އެ ފޮޓޯގައި އަނުޝްކާ ލައިގެން ހުރީ ގޯލްޑް ކުލައިގެ ސާޅިއެއްކަމާއި އަދި އޭނާގެ ފިރިމީހާ ވިރާޓް ވެސް އެފޮޓޯގައި އަނުޝްކާ ކައިރީގައި ހުއްޓިގެން ހުންނަތަން ފެނެ އެވެ.

މިދެތަރިންގެ ފުރަތަމަ ދަރިފުޅު ލިބިފައިވަނީ 2021 ވަނަ އަހަރު ޖެނުއަރީ މަހުއެވެ. އަދި މި ދެތަރިން ކައިވެނި ކޮށްފައިވަނީ 2017 ވަނަ އަހަރު ޑިސެމްބަރު 11 ގައެވެ. 

އަނުޝްކާ އާއި ވިރާޓްގެ ފުރަަތަމަ ދަރިފުޅަށް ކިޔާފައިވާ ނަމަކީ ވަމިކާ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް