ads
"އުޖާލާ ދިރިއުޅުމު"ގެ ހުރިހާ ހިދުމަތްތަކެއް ޑިޖިޓަލް ކޮށްފި
މޯލްޑިވްސް އިސްލާމިކް ބެންކް (އެމްއައިބީ)ގެ "އުޖާލާ ދިރިއުޅުމު"ގެ ހުރިހާ ހިދުމަތްތަކެއް ޑިޖިޓަލްކޮށް "އުޖާލާ ނައު" ޕޯޓަލް ލޯންޗް ކޮށްފި އެވެ.
Advertisement

އެމްއައިބީން ބުނި ގޮތުގައި މި ޕޯޓަލް ލޯންޗު ކުރުމުގެ މަގްސަދަކީ، އެ ބޭންކުގެ ހިދުމަތް ކަސްޓަމަރުންނަށް ވީހާވެސް ލުއިފަސޭހަކޮށް، އަވަހަށް ފޯރުކޮށްދިނުން ކަމުގަ އެވެ.

މި ޕްލެޓްފޯމާއެކު، ބޭންކުގެ ބްރާންޗަށް ނުގޮސް އުޖާލާ ފައިނޭންސިން ފެސިލިޓީގެ ހިދުމަތް ޑިޖިޓަލްކޮށް ހޯދޭނެ ކަމަށް އެ ބޭންކުން ބުނެ އެވެ. އެގޮތުން އެމްއައިބީއިން އެޕްރޫވްކޮށްފައިވާ ފިހާރަތަކުން ވިޔަފާރީގެ ހުރިހާ މުއާމަލާތެއް ކުރިއަށް ގެންދެވޭނެ ކަމަށް އެ ފަރާތުން މައުލޫމާތުދެ އެވެ.

މީގެއިތުރުން އުޖާލާ ފައިނޭންސިންގެ ދެ ފެސިލިޓީއެއް ކަމުގައިވާ އުޖާލާ ދިރިއުޅުމާއި އުޖާލާ ކޭޝްގެ ހިދުމަތް އެ ޕޯޓަލުން މިހާރުވެސް ފަސޭހަކަމާއެކު ލިބޭނެ ގޮތް ހަމަޖެހިފައިވާ ކަމަށް އެ ބޭންކުން ބުނެއެވެ.

އެމްއައިބީގެ ޕޯޓަލް މެދުވެރިކޮށް އުޖާލާ ދިރިއުޅުން ފައިނޭންސިންގެ ދަށުން މުދާނެގުމުގެ އިތުރުން ފައިސާ ނެގުމަށް ވެސް ހުށައެޅޭނެ އެވެ.

އަބަދުވެސް ދިވެހިންގެ މެދުގައި މަގްބޫލު މި ފެސިލިޓީގެ ހުރިހާ ހިދުމަތެއް އޮންލައިން ކުރީ، ރާއްޖޭގެ ހުރިހާ ހިސާބެއްގައި ދިރިއުޅޭ ފަރާތްތަކަށް ވެސް މި ފެސިލިޓީ ބޭނުން ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ކަމަށް އެމްއައިބީން ބުނެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް