ރާއްޖެ-މޮރިޝަސް ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުން ގެއްލުނު ސަރަހައްދު ހޯދުމަށް ލިއުންތައް ދިރާސާކޮށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ސަރުކާރުން އެޓާނީ ޖެނެރަލްގެ އޮފީހާ ހަވާލުކޮށްގެން މިހާރުވަނީ މަސައްކަތް ފަށައިފައެވެ.
އެ މަސައްކަތަށް މިހާރު ވަނީ ހާއްސަ ގާނޫނީ ކޮމިޓީއެއް ވެސް އެކުލަވާލައިފަ އެވެ. އިޓްލޮސްގެ ނިންމުން ބަދަލުކުރަން ކުރަން ޖެހޭ މަސައްކަތް ދެނެގަތުމުގެ މަސައްކަތް އޭޖީ އޮފީހުން ފަށާފައިވާ ކަމަށާއި ލިޔެކިޔުންތައް ހޯދައި ދިރާސާކުރަމުން އަންނަ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން އެކުލަވާލި ކޮމިޓީގެ މެންބަރުން
ކުރީގެ ބަންޑާރަ ނައިބު މުހައްމަދު އަނިލް
ޑިފެންސް މިނިސްޓްރީން ކާނަލް އަހްމަދު މުޖުތަބާ
ފޮރިން މިނިސްޓްރީން ސެކްރެޓަރީ މަލްޓިލެޓެރަލް، އަހްމަދު ޝިޔާން