ads
ފަތުރުވެރިކަމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރަން މަޝްވަރާ ކޮށްފި
ފަތުރުވެރިކަމުގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރު ކުރުމާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓްރީ އާއި ސޯޝަލް އެންޑް ފެމިލީ ޑިވޮލޮޕްމަންޓް މިނިސްޓްރީގެ ދެމެދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ހާމަ ކޮށްފައިވާ ގޮތުގައި ސަރުކާރުގެ "ހަފްތާ 14" ގެ މަސައްކަތް ތަކުގެ ތެރެއިން، ޓޫރިޒަމް ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ސޯޝަލް އެންޑް ފެމިލީ ޑިވޮލޮޕްމަންޓް މިނިސްޓްރީއާ އެކު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމުގަ އެވެ.

ދެ މިނިސްޓްރީގެ އެ ބައްދަލުވުމުގައި ވަނީ، ފަތުރުވެރިކަމުގެ ދާއިރާގައި އަންހެނުންނަށް ކުރިމަތިވާ އުނދަގޫ ތަކާއި ހުރަސްތައް ދެނެގަތުމުގެ މަޝްވަރާ ކޮށްފަ އެވެ. އަދި އެ ދާއިރާގައި އަންހެނުންނާއި ޒުވާނުން ބާރުވެރި ކުރުވައި، އެ ދާއިރާގައި އެ ފަރާތްތަކުގެ ބައިވެރިވެވުން އިތުރުކުރުމަށް ހިއްވަރުދީ ގައުމީ ފެންވަރުގައި ޕްރޮގްރާމްތައް ހިންގުމުގެ މަޝްވަރާ ވެސް ކުރެވުނު ކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ.

ރައީސް ޑރ. މުއިއްޒު މަގަމާ ހަވާލުވެވަޑައިގެން އަންހެނުން ބާރުވެރި ކުރުވުމުގެ ގޮތުން ގެންދަވަނީ ޑެޕިއުޓީ މިނިސްޓަރުންނަށާއި، ސަރުކާރު ހިއްސާވާ ކުންފުނި ތަކުގެ އިސް މަގާމުތަކަށް ވެސް އަންހެން ކަނބަލުން އައްޔަން ކުރައްވަމުންނެވެ.

ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި ސަރުކާރުން މިހާތަނަށް ކުންފުނިތަކަށް އައްޔަން ކޮށްފައިވާ އަންހެން ކަނބަލުންގެ އަދަދަކީ، ރާއްޖޭގެ ތާރީހުގައި ވެސް އެފަދަ މަގާމު ތަކަށް އަންހެން ކަނބަލުން އައްޔަން ކޮށްފައި ނުވާ ވަރުގެ ބޮޑު އަދަދެއް ކަމުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް