ads
މާޒިޔާ ކުޅުންތެރިން ލީގު ހޯދުމަށް ފަހު
ވާދަވެރިކަމެއް، ފޯރިއެއް ނެތް ލީގު މާޒިޔާއަށް
އެއްވެސް ފޯރިއެއް، ވާދަވެރިކަމެއް ނެތް ދިވެހި ޕްރިމިއާ ލީގު މާޒިޔާއިން ކާމިޔާބުކޮށްފިއެވެ.

މާޒިޔާއިން މި އަހަރުގެ ލީގު ކާމިޔާބުކުރީ، މިއަދު ހަވީރު ފަހު މެޗުގައި ކްލަބް އީގަލްސްގެ މައްޗަށް 1-0 އިން ކުރި ހޯދައިގެންނެވެ. 

މިއަދުގެ މެޗާއެކު ލީގުގެ ދެބުރުގެ ކުޅުން ނިމުން އިރު، ތިންވަނަ ބުރު ނުވެސް ކުޅެން އެފްއޭއެމުންވަނީ ނިންމާފައެވެ. މިއަދުގެ މެޗާއެކު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ދިވެހި ލީގު ކާމިޔާބުކުރި މިއީ ފަސް ވަނަ ފަހަރެވެ. މާޒިޔާއިން ފުރަތަމަ ލީގު އުފުލާލީ 2016 ވަނަ އަހަރެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި މާޒިޔާ އިން ޖެހި ހަމައެކަނި ގޯލު ފުރަތަމަ ހާފުގެ 43 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ޖަހައިދިނީ ވޮޖިސްލާވް ބަލަބަނޮވިޗެވެ. މިއީ އީގަލްސްގެ ރިލްވާން ވަހީދު (ރިލޭ)، މާޒިޔާގެ ހަމްޒާ މުހައްމަދު (ހަމްޕު) އަށް ފައުލް ކުރުމުން ދިން ޕެނަލްޓީއެކެވެ.

މި މޮޅާ އެކު މާޒިޔާ ލީގު ކާމިޔާބު ކުރީ މެޗަކުން ބަލި ނުވެ އެވެ. މެޗު ކާމިޔާބު ކޮށްގެން މާޒިޔާ ވަނީ 14 މެޗުން 40 ޕޮއިންޓް ހަމަކޮށްފަ އެވެ. ދެވަނައިގައި ނިންމާލި އީގަލްސް އަށް ލިބުނީ 35 ޕޮއިންޓެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް