ads
މެމްބަރުންގެ މުސާރަ ކުރަން ޖެހެނީ ކުޑަ: ފާރިޝް
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ މިހާރަށް ވުރެ ކުޑަކުރަން ޖެހޭކަމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުްއެމް)ގެ ރައީސް އަހުމަދު ފާރިޝް މައުމޫން ވިދާޅުވެއްޖެ އެވެ.
Advertisement

މަޖިލީހުގެ މެމްބަރުންގެ މުސާރަ އެއް ލައްކަ ރުފިޔާއަށް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކުރުމާއެކު ގިނަ ބަޔަކު އަންނަނީ މަޖިލީހާއި، މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީއަށް ވަރަށް ފާޑުކިޔަމުންނެވެ.

އެކަމާ ގުޅިގެން އެމްއާރުއެމްގެ ރައީސް ފާރިޝް "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަޖިލިސް މެމްބަރުންނާއި ދައުލަތުގެ އިސް ވެރިންގެ މުސާރަ ބޮޑުކުރަން ނިންމި ނިންމުމުން އިތުރަށް އެނގި ސާފުވެގެންދަނީ އެމްޑީޕީ  ވިޔަސް ޕީޕީއެމް-ޕީއެންސީ  ވިޔަސް، ބޮޑެތި ޕާޓީތަކުން އަމަލު މިކުރަނީ ހަމަ އެއްގޮތަކަމަށާއި، ސިޔާސީ ލީޑަރުން ވޯޓު ހޯދުމުގެ ބޭނުމުގައި ރައްޔިތުންނަށް އޮޅުވާލަނީކަމަށް ފާރިޝް ވިދާޅުވި އެވެ. 

"މަޖިލީސް މެންބަރުންގެ މުސާރަ ކުރަން ޖެހެނީ ކުޑަ! މެންބަރުންގެ މުސާރަ އަކީ މަޖިލީހުން ކަނޑައަޅާ އެއްޗަކަށް ނުވާނެ ގޮތް ހަމަޖައްސަން ޖެހޭ." ފާރިޝް ވިދާޅުވި އެވެ. 


މި ނިޒާމު ބަދަލުކުރުމަށް އާ ވިސްނުމެއްގެ މީހުން ހޮވަން ޖެހޭކަމަށް ފާރިޝް ވިދާޅުވިއެވެ.

އެގޮތުން ރާއްޖޭގެ އާބާދީގެ ނިސްބަތުން, މަޖިލީހުގެ މެންބަރުންގެ އަދަދު މިހާރަށްވުރެ މަދުކުރަން ޖެހޭކަމަށް ވިދާޅުވި އެވެ. 

މިއަދު މާލިއްޔަތު ކޮމިޓީން ފާސްކުރީ މެމްބަރުންގެ އަސާސީ މުސާރަ ވަނީ 55،000 ރުފިޔާއަށް އިތުރު ކުރުމަށެވެ. އެ ބަދަލާ އެކު ކޮމިޓީން ވަނީ މެންބަރުންނަށް 80،000 ރުފިޔާ މުސާރައިގެ ގޮތުގައި ދޭން ފާސްކޮށްފަ އެވެ. 

 ކޮމިޓީ އެލަވަންސްތައް ކުރިއެކޭ އެއްގޮތަށް ވެސް ލިބޭއިރު، ކޮމިޓީ އެލަވަންސްގެ ގޮތުގައި މެންބަރުންނަށް 20،000 ރުފިޔާގެ އެލަވަންސް މިހާރު ވެސް ލިބޭއިރު ބޮޑުކުރި މުސާރައާ އެކު މަހަކު 100،000 ރުފިޔާ ކޮންމެ މެމްބަރަކަށް ވެސް ދައުލަތުން މުސާރައިގެ ގޮތުގައި ދޭން ޖެހެއެވެ.

މިއަދު ކޮމިޓީން ވަނީ ރައީސުލްޖުމްހޫރިއްޔާގެ މުސާރަ 120،000 ރުފިޔާއަށް ބޮޑުކޮށް ނައިބު ރައީސްގެ މުސާރަ 93،000 ރުފިޔާއަށް ބޮޑުކޮށްފަ އެވެ.

އެ ކޮމިޓީން ވަނީ ރައީސުލް ޖުމްހޫރިއްޔާ، ރައީސުލް ޖުމްހޫރިއްޔާގެ ނައިބު، ވަޒީރުންގެ މަޖިލިސް، ރައްްޔިތުންގެ މަޖިލިސް މެމްބަރުން، ލޯކަލް ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ އިތުރުން މިނިވަން މުއައްސަސާތަކާއި ޝަރުއީ ދާއިރާގެ މުސާރަ ބޮޑުކުރަން ފާސްކޮށްފަ އެވެ.

ހުރިހާ އިދާރާއެއްގެ ބޮޑުކުރަން ހުށަހެޅި މުސާރައާއެކު ދައުލަތުގެ ބަޖެޓުން 90 މިލިއަން ރުފިޔާ އިތުރަށް ހަރަދުވާނެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް