ads
ރައީސް ކުވޭތުގެ އާ އަމީރަށް މަރުޙަބާ ވިދާޅުވެއްޖެ
ކުވޭތުގެ އަމީރުކަމުގެ މަގާމަށް، ޝެއިހު މިޝްޢަލް އަލް-އަހުމަދު އަލް-ޖާބިރު އަލް-ޞަބާހު އިސްވެވަޑައިގަތުމާއި ގުޅިގެން، އެމަނިކުފާނަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު، މަރުހަބާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފި އެވެ.

ރައީސް ފޮނުއްވި މެސެޖުގައި ކުވޭތުގެ އައު އަމީރަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަހުނިޔާ ވިދާޅުވި އެވެ.

ރައީސް ފޮނުއްވި މެސެޖުގައި، ދިވެހިރާއްޖެއާއި ކުވޭތާ ދެގައުމުގެ ދެމެދުގައި އޮތް ގާތް ދެމެހެއްޓެނިވި ގުޅުން ބިނާވެފައިވަނީ، ދެ ގައުމުންވެސް އެއްގައުމު އަނެއް ގައުމަށްކުރާ އިތުބާރާއި، އިހުތިރާމާއި، އަދި ދެގައުމުގައިވެސް އޮންނަ އިސްލާމީ ރިވެތި އަހުލާގުގެ ސަބަބުން އުފެދެމުންދާ ސަޤާފީ، ތާރީހީ ގުޅުމުގެ މައްޗަށް ކަމުގައި ވިދާޅުވި އެވެ. 

އަދި ރާއްޖޭގެ އިޖްތިމާޢީ-އިގުތިސޯދީ މަޤްސަދުތައް ކުރިއެރުވުމުގައި ކުވޭތުން މުހިންމު ދައުރެއް އަދާކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. ހަމަ އެއާއެކު ކުވޭތުގެ ފަރާތުން ރާޖެއަށް އަބަދުވެސް ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުން ރާއްޖެއިން ބަލައިގަންނަކަމަށާއި، އެކަމުގެ އަގުވަޒަންކުރާކަމުގައިވެސް ރައީސް ޑރ. މުއިއްޒު ފާހަގަކުރެއްވި އެވެ.

ރައީސްގެ މެސެޖުގައި، އާ އަމީރުގެ ޒައާމަތުގައި، ކުވޭތު, ތަރައްގީގެ އާ އުސްމިންތަކަކަށް ގެންދިއުމަށް މަގުފަހިވެގެންދާނެކަމުގެ ޔަގީންކަން އެބައޮތްކަމުގައި ފާހަގަކުރެއްވި އެވެ. މީގެ އިތުރުން، މި ފެށިގެންދާ އާ ދައުރުގައި ކުވޭތާއި ރާއްޖެއާ ދެގައުމުގެ ދެމެދުގައި އޮތް ގާތް ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުންމީދުކުރައްވާކަމަށާއި، އެކަމަށް ޔަގީންކަން އެބައޮތް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވަމުން، އެމަނިކުފާނު ވަނީ ކުވޭތުގެ އަމީރު އައްޝެއިހު ނަވާފް އަލްއަހުމަދު އަލްޖާބިރު އައްސަބާހު އަވަހާރަވުމާއި ގުޅިގެން ކުވޭތުގެ ސަރުކާރަށާއި އެގައުމުގެ ރައްޔިތުންނަށް ތަކުރާރުކޮށް ތައުޒިޔާ ފޮނުއްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް