ads
ހާލަންޑް
ބީބީސީން ހޮވި އަހަރުގެ ކުޅިވަރު ތަރިއަކަށް ހާލަންޑް
ބީބީސީ ސްޕޯޓްސް ޕާސަނަލިޓީގެ ވޯލްޑް ސްޕޯޓްސް ސްޓާ އޮފް ދަ އިޔާގެ މަގާމު، މެންޗެސްޓަ ސިޓީގެ އާލިންގް ހާލަންޑަށް ލިބިއްޖެ އެވެ.
Advertisement

އުމުރުން 23 އަހަރުގެ ނޯވޭގެ ކުޅުންތެރިޔާ ވަނީ 2022-23 ވަނަ އަހަރުގެ ސީޒަނުގައި ސިޓީން ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގާއި އެފްއޭ ކަޕް ކާމިޔާބުކުރިއިރު މުހިއްމު ދައުރެއް އަދާކޮށްފައެވެ. އޭނާވަނީ ހުރިހާ މުބާރާތަކުން 52 ގޯލު ޖަހައިފަ އެވެ.

ޕްރިމިއާ ލީގުގެ ކްލަބަކަށް ސީޒަނެއްގެ ތެރޭގައި މިއަށްވުރެ ގިނަ ގޯލް އެއްވެސް ކުޅުންތެރިއަކު ކާމިޔާބުކޮށްފައެއް ނުވެއެވެ. ނިމުނު ސީޒަންގެ ޕްރިމިއާ ލީގުގެ ގޯލްޑަން ބޫޓު ހާލަންޑް ހޯދީ 38 މެޗުގައި ރެކޯޑް އަދަދަކަށް 36 ގޯލު ޖަހައިގެންނެވެ.

"ބީބީސީ ވޯލްޑް ސްޕޯޓްސް ސްޓާ އޮފް ދަ އިޔާ އަށް އަހަންނަށް ވޯޓު ދިން ކަމަށްޓަކައި ޝުކުރިއްޔާ. މިދިޔަ ސީޒަނަކީ ގަބޫލުކުރަން ދަތި ސީޒަނެއް - އަހަރެން ޓްރެބަލް ކާމިޔާބުކުރިއިރު އަހަރެމެން އަޖައިބު ކުރުވަނިވި ކަމެއް ކުރިން،" ހާލަންޑް ބުންޏެވެ.

ބީބީސީ ވޯލްޑް ސްޕޯޓްސް ސްޓާ އޮފް ދަ އިޔާ އަށް ވޯޓު ދީފައިވަނީ ބީބީސީ ސްޕޯޓްސްގެ ކިޔުންތެރިންނެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް