މި ފޮތް ނެރެދެއްވީ ކުރީގެ ރައީސް ރައީސް މައުމޫން އަބްދުލްގައްޔޫމް އެވެ.
ތައުލީމީ ދާއިރާގެ އެތައް އަހަރެއް ގޮދުމަތްކުރައްވާފައި ޑރ. ހަސަން ހަމީދު ނެރުއްވި މި ފޮތުގައި 120،000 ލަފުޒު އޭގެ މާނައާ އެކު ހިމަނާފައި ވެއެވެ. އަދި މިއީ ދިވެހިބަހުން އެއް ފޮތެއްގެ ގޮތުގައި މިހާތަނަށް ޝާއިއުކުރި އެންމެ ބޮޑު ފޮތެވެ. ފޮތުގައި 1192 ސޮފުހާ ހިމެނޭއިރު ފޮތުގައި ބަރުދަނުގައި ދެ ކިލޯ އެބަ ހުއްޓެވެ.
ހަސަން ހަމީދުގެ މި ބަސް ފޮތަކީ އިނގިރޭސި ބަސްތަކުގެ މާނަ ދިވެހިން ހިމަނާ ގެނެސްދީފައިވާ ޑިކްޝަނަރީ އެކެވެ.
މި ފޮތް ނެރެދެއްވުމަށްފަހު ވާހަކަ ދައްކަވަމުން ރައީސް މައުމޫން ވަނީ މި ފޮތް ނެރުމަށް ޑރ ހަސަން ހަމީދު ކުރެއްވި މަސައްކަތަށް ތައުރީފުކުރައްވާފަ އެވެ. ރައީސް މައުމޫން ވިދާޅުވީ، މިއީ ދިވެހިބަހަށް ޑރ. ހަސަން ދޫކުރެއްވި އަގުބޮޑު ހަޒާނާއެއް ކަމަށެވެ.
ބަހުގެ ދާއިރާގައި މަސައްކަތް ކުރައްވާ ގިނަ ފަރާތްތަކުންވެސް ބުނެފައިވަނީ ހަސަން ހަމީދުގެ މި ފޮތަކީ ދިވެހި އަދަބިއްޔާތަށް މުހިއްމު މަސައްކަތެއްކަމަށެވެ.
މި ފޮތް ލިޔުއްވުމުގެ އިތުރުން، ޓައިޕްކުރުމާއި، ލޭއައުޓް ހެދުމާއި، ބޭރުގަނޑު ފަރުމާކުރުމުގެ އިތުރުން ފޮތުގެ އެއްބައި ޕްރޫފް ބެއްލެވީ ވެސް ޑރ. ހަސަން އަމިއްލަ ފުޅަށެވެ. ފޮތުގެ އަނެއްބައި ޕްރޫފް ބެއްލެވީ ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;