ރައީީސް ދާދި ދެންމެއަކު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި ރައީސް، ނައިބު ރައީސް އަދި ވަޒީރުންގެ މުސާރަ ބޮޑު ކޮށްދޭން ސަރުކާރުން އެދިފައި ނުވާނެ ކަމަށެވެ.
އެހެންކަމުން އެއްވެސް މަޝވަރާއެއް ނެތި މުސާރައަށް ގެނައި އެ ބަދަލުގެ ސަބަބުން އިތުރަށް ލިބޭ ފައިސާ ކުޑަކުދިންގެ ހިޔާ ފަދަ އިޖްތިމާއީ ފަންޑަކަށް ހަދިޔާ ކުރަން ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މިކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބް ވެސް ވަނީ ނުރުހުން ފާޅު ކުރައްވާފައެވެ. އެގޮތުން އެމްޑީޕީގެ ބޮޑު އަގްލަބިއްޔަތެއް އޮތް ކޮމެޓީއަކުން މި ދަނޑިވަޅުގައި އެފަދަ ގޮތަކަށް އެކަން ނިންމީ، އެ ޕާޓީން ސަރުކާރާމެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށް ކަމަށް ގަބޫލު ކުރަށްވާ ކަމަށް ޝަހީބް ވިދާޅުވި އެވެ.