ads
މިސްކިތްތައް އިމާރާތްކުރި ކުންފުނިތަކަށް ނުދީ ހުރި 22 މިލިއަން ރުފިޔާ ދީފި
ރާއްޖޭގެ އެކި ހިސާބު ތަކުގައި މިސްކިތްތައް އިމާރާތްކުރި ކުރި ކުންފުނިތަކަށް ނުދީ ހުރި 22 މިލިއަން ރުފިޔާ ދީފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ ރާއްޖޭގެ މިސްކިތްތައް މަރާމާތުކޮށް އާ މިސްކިތް އެޅުމަކީ ރައީސް ޑރ. މުއިއްޒުގެ އަމާޒެއް ކަމަށާއި، މިހާތަނަށް މިސްކިތްތަކުގެ މަސައްކަތް ކޮށްފައިވާ ކުންފުނިތަކަށް ދޭންޖެހޭ 22 މިލިޔަން ރުފިޔާ ސަރުކާރުން ދޫކޮށްފައިވާ ކަމަށެވެ.

ޝަހީމް ވިދާޅުވި ގޮތުގައި އެ މިނިސްޓްރީގެ މައިގަނޑު މަގްސަދަކީ ވީހާވެސް އަވަހަށް މިސްކިތްތަކުގެ މަސައްކަތް ނިންމާލުން ކަމުގަ އެވެ. އެގޮތުން ފައިސާ ނުދީހުރި އެހެން ކުންފުނިތަކުގެ ބިލުތަކަށްވެސް ވަރަށް އަވަހަށް ފައިސާ ހަމަޖައްސަވާ، މަސައްކަތް އަވަސް ކުރުމަށް ބާރު އަޅުއްވާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.

މި ސަރުކާރުން ވަނީ މިސްކިތްތަކުގެ އާބާތުރަ ފިލުވައި މަރާމާތު ކުރުމަށް ކަނޑައަޅާފައިވާ ބަޖެޓު ތިން ގުނަ ބޮޑުކޮށް، އެކަމަށް 15 މިލިއަން ރުފިޔާ ހަމަޖައްސާފަ އެވެ.

މިނިސްޓްރީން ވަނީ މިސްކިތްތައް އަޅާ ކުންފުނިތަކުގެ ވެރިންނާ ބައްދަލުކޮށް ކުންފުނިތަކަށް ހުރި ދަތިތައް އޮޅުން ފިލުވާފަ އެވެ. އަދި މިސްކިތަށް ބިނާ ކުރަން ބޭނުންވާ ފަރާތްތަކަށް އެކަމަށް ބޭނުންވާ ބިން ހަމަޖައްސައިދޭނެ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް