ads
ރައީސް މުއިއްޒު، ނާޒިމާ ބައްދަލުކުރައްވައިފި
ރައީސް ޑރ. މުހައްމަދު މުއިއްޒު މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ކާނަލް (ރިޓަޔާޑް) މުހައްމަދު ނާޒިމާ މިއަދު ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ. 

ބައްދަލްވުމުގެ ދެ ފޮޓޯއެއް ހިއްސާކޮށް އެ އޮފީހުން "އެކްސް" ގައި ކުރި ޕޯސްޓެއް ގައި ހަމައެކަނި ބުނެފައި ވަނީ ރައީސް މުއިއްޒު އެ ބޭފުޅުންނާއި ބައްދަލު ކުރެއްވި ކަމަށެވެ. ބައްދަލްވުން އޮތީ ރައީސް އޮފީހުގައި ކަމަށެވެ.

ނަމަވެސް އެ ބައްދަލުވުމާއި ގުޅޭ ތަފްސީލް އަދި ހާމަކުރައްވާފައެއް ނުވެއެވެ.

ރައީސްއާއި ނާޒިމާ ބައްދަލުކުރައްވާފައިވާއިރު، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ގުޅޭގޮތުން ވެރިކަކުރާ ޕީޕީއެމް/ޕީއެންސީއާއި، ނާޒިމްގެ ޖުމްހޫރީ އެމްއެންޕީން ވަނީ މަޝްވަރާކުރައްވާފަ އެވެ. ނާޒިމް ނިމި ދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ތާއީދު ކުރެއްވީ ޑރ. މުއިއްޒު އަށެވެ.

ރައީސް މިއަދު ވަނީ ގާސިމް އިބްރާހީމް އަދި މީދޫ ދާއިރާގެ މެންބަރު ސިޔާމް އާއި ވެސް ބައްދަލުކުރައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް