ads
މަރުގެ ހުކުމް ތަންފީޒު ކުރާނެކަން ސަރުކާރުން އިއުލާންކޮށްފި
މަރުގެ ހުކުމް ތަންފީޒު ކުރާނެކަން ހޯމް މިނިސްޓަރު އަލީ އިހްސާން އިއުލާން ކުރައްވައިފި އެވެ.

"އަޅުގަނޑުމެން ދިވެހި ސަރުކާރަކީ މިހާރުގެ ސަރުކާރަކީ މަރުގެ ހުކުމް ތަންފީޒު ކުރަން އަޅުގަނޑުމެން ވެސް ހަމަ ނިންމާފައި އޮތް ސަރުކާރެއް،" މިނިސްޓަރު އިހްސާން މިއަދު ވިދާޅުވި އެވެ.

ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ނުކުރާތާ މިހާރު ވަރަށް ދުވަސް ވެއްޖެއެވެ. 

ޝަރުއީ ހުރިހާ މަރުހަލާއެއް ނިމި، މަރުގެ ހުކުމް ތަންފީޒު ކުރަން ޖެހޭ ހަތަރު މީހަކު އެބަތިއްބެވެ. އޭގެ އިތުރުން ސުޕްރީމް ކޯޓު މަރުހަލާގައިވެސް މަރުގެ ހުކުމް ކޮށްފައި ތިބި ބައެއް މީހުން އެބަތިއްބެވެ. 

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މިނިސްޓަރު އިހްސާން މިއަދު މަރުގެ ހުކުމް ތަންފީޒު ކުރާނީ ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ގާނޫނާއި ގަވާއިދުގެ އިމުގެ ތެރެއިން ކަމަށެވެ.

"އަޅުގަނޑުމެން އެކަމާ ގުޅޭ ގޮތުން ކުރަންޖެހޭ ކަންކަން އަދި ބަލަންޖެހޭ ކަންކަން ބަލާފައި ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދާއި އިމުގެ ތެރޭގައި އެކަން ކުރާނަން،" އިހުސާން ވިދާޅުވި އެވެ.

ރާއްޖޭގައި އެންމެ ފަހުން މަރުގެ އަދަބު ތަންފީޒުކޮށްފައިވަނީ 1953 ވަނަ އަހަރު އެވެ. ރާއްޖޭގައި ގާނޫނުލްއުގޫބާތުގައި ގަސްތު މަރުގެ އަދަބަކަށް މަރުގެ ހުކުމް ކަނޑައަޅާފައިވީ ނަމަވެސް، އެ އަދަބާ ގުޅިގެން ބޭރުގެ ޕްރެޝަރުތައް ވަރަށް ބޮޑަށް ފޯރަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް