ރައްޔިތުން މިޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއިލް ނަސީމް ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ، މަޖިލިސް މެންބަރުން ހިމެނޭ ގޮތަށް ދައުލަތުގެ އިސްވެރިންގެ މުސާރަ ބޮޑުކުރަން ވޯޓު ނުދޭނެ ކަމަށެވެ.
މީކާއިލް މިހެން ވިދާޅުވެފައި ވަނީ ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބޮޑު ތިން ޕާޓީއެއްގެ ވޯޓުން އިއްޔެ މިކަން ފާސްކޮށްފައި ވަނިކޮށެވެ.
އެއީ އެމްޑީޕީ، ޕީއެންސީ އަދި ދަ ޑިމޮކްރެޓްސް އެވެ.
މި ކަމަށް ތާއިދުކޮށް ވޯޓު ދެއްވާފައިވާ މެންބަރުންނަކީ:
އެމްޑީޕީ
ދަ ޑިމޮކްރެޓްސް
ޕީއެންސީ
އިއްޔެ ބޮޑުކުރަން ނިންމި މުސާރަތައް:
މަޖިލިސް މެންބަރުންގެ މުސާރަ، އެލަވަންސާ އެކު 82،500 ރުފިޔާއިން 100،000 ރުފިޔާއަށް
މީގެ އިތުރުން ވެސް ގަވަރުނަރު، އޮޑިޓާ ޖެނެރަލް، އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ މުސާރަ ވެސް 74،000 ރުފިޔާއަށް ބޮޑުކުރަން ވަނީ ނިންމައިފައެވެ.
ސިޔާސީ ބޭބޭފުޅުންގެ މުސާރަތައް ބޮޑުކުރަން ނިންމުމާ އެކު އާންމުން އަންނަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ.