ads
ރައީސް، ދަ ޑިމޮކްރެޓްސްގެ ރައީސްއާ ވެސް ބަދަލު ކުރައްވައިފި
ރައީސް ޑރ. މުހައްމަދު މުއިއްޒު، ދަ ޑިމޮކްރެޓްސްގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަލްއުސްތާޒު ހަސަން ލަތީފާ މިއަދު ބައްދަލު ކުރައްވައިފި އެވެ.

ހަސަންގެ ކުރީން ރައީސް މުއިއްޒު ވަނީ ބައެއް ސިޔާސީ ޕާޓީތަކުގެ އިސް ވެރިންނާއި މިއަދު މެންދުރު ވަކިވަކިން ބައްދަލު ކުރައްވާފަ އެވެ. އެއީ:

  • ޖުމްހޫރީ ޕާޓީގެ ލީޑަރު / މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް
  • މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ކާނަލް (ރިޓަޔާޑް) މުހައްމަދު ނާޒިމް
  • މޯލްޑިވްސް ޑިވޮލޮޕްމަންޓް އެލަޔަންސްގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އޮނަރަބަލް އަހުމަދު ސިޔާމް މުހައްމަދު

މިއިން އެއް ވެސް ބައްދަލްވުމުގެ އެއްވެސް ތަފްސީލެއް ރައީސް އޮފީހުން އަދި ނުދެ އެވެ.

ބައްދަލްވުމުގެ ފޮޓޯއެއް ހިއްސާކޮށް އެ އޮފީހުން "އެކްސް" ގައި ކުރި ޕޯސްޓެއް ގައި ހަމައެކަނި ބުނެފައި ވަނީ ރައީސް މުއިއްޒު އެ ބޭފުޅުންނާއި ބައްދަލު ކުރެއްވި ކަމަށެވެ. ބައްދަލުވުންތައް އޮތީ ރައީސް އޮފީހުގައި ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ އެކު ރައީސް މުއިއްޒު ބައްދަލުވުންތަކެއް ބާއްވާފައިމިވަނީ ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް އެމަނިކުފާނު އަޒުލުކުރަން އުޅޭ ކަމުގެ އަޑުތަކެއް ގަދަވެފައިވާ ދަނޑިވަޅެއްގަ އެވެ.

ރިޔާސީ އިންތިހާބުގައި ދެވަނަ ބުރުގައި ޑިމޮކްރެޓުން ވަކި ކެންޑިޑޭޓަކަށް ތާއީދުނުކުރި ނަމަވެސް އެ ޕާޓީގެ ގިނަ އާންމު މެމްބަރުން ވަނީ ރައީސް މުއިއްޒުގެ ކެމްޕޭނުގައި ހަރަކާތްތެރިވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް