ads
މެމްބަރުން އުޅުއްވަނީ ދަތި އުދަގޫ ހާލުގައި: އެމްޑީޕީ ޕީޖީ
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އުޅުއްވަނީ ދަތި އުދަގޫ ހާލެއްގައި ކަމަށް އިދިކޮޅު އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ވިދާޅުވެއްޖެ އެވެ.
Advertisement

މިއަދު އެމްޑީޕީ ޕީޖީ ގުރޫޕުން ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަަކަ ދައްކަވަމުން ބިގޭ ވިދާޅުވީ މެމްބަރުންގެ ހައްގުތައް ރައްކާތެރިކޮށް ހިމާޔަތް  ކުރުމަށާއި އަދި އިނާޔަތް ދިނުން ފަދަ ކަންކަމަށް ހާއްސަ ކޮމިޓީތައް މަޖިލީހުގައި އޮންނަ ކަމަށެވެ.

އެ ކޮމިޓީތަކުގައި އެކަންކަމާއި މަޝްވަރާ ކުރާ ކަމަށާއި މެމްބަރުން މެމްބަރުންގެ އިހުސާސްތައް ކޮމިޓީތަކުގައި ހިއްސާކުރާކަމަށް ބިގޭ ވިދާޅުވި އެވެ.

ބިގޭ ވިދާޅުވީ ރައްރަށުގައި އުޅުއްވާފަ އަންނަ މެމްބަރުން މާލޭގައި އުޅުއްވަނީ ވަރަށް އުދަގޫ ދަތި ހާލެއްގައިކަމަށެވެ.

"ދެން އެ ބޭފުޅުން. މިތަނުގައި ބައެއް ބޭފުޅުން ފާހަގަކޮށްދެއްވައިފި އެބޭފުޅުން މިތަނަށް ވަޑައިގެން ރައްރަށުގައި ދިރިއުޅުއްވާފަ މާލެއަށް ވަޑައިގެން ވަރަށް އުދަގުލުގައި ތަންތަން ކުއްޔަށް ހިއްޕަވައިގެން އުޅުއްވާ ވާހަކަޔާ އެއްޗެހި. އެހެންވީމާ އެ ހުރިހާ ކަންތަައްތަކެއް އެހާ ދަތިކޮށް މާލޭގައި ގިނަ ހަރަދުތަކެއް ކުރައްވައިގެން އުޅެން އުޅެން ޖެހުމުގެ އިތުރުން ރައްޔިތުންގެ މަޖިލިސްއަށް ލިބޭނެ ރިސެސްގެ ވަގުތެއް ކޮންމެ ދެތިން މަހުން." ބިގޭ ވިދާޅުވި އެވެ.

 ބިގޭ ވިދާޅުވީ ވަރަށް ގިނައިން ރައްޔިތުން ގާތަށް ރައްޔިތުންގެ މަންދޫބުން ވަޑައިގަންނަވަން އެބަޖެހޭކަމަށާއި އެ ކުރާ ކޮންމެ ދަތުރަކީވެސް ބޮޑެތި ހަރަދުތައް ކުރަންޖެހޭ ދަތުރުތަކެއް ކަމަށެވެ.

"ގިނަ މެމްބަރުންގެ ވާހަކަތަކުން އަޅުގަނޑަށް އެނގެނީ އަޅުގަނޑުގެވެސް އަމިއްލަ ތަޖުރިބާ އެނގެނީ އެމަހެއްގެ ލިބޭ މުސާރައަށް ވުރެ ބޮޑު ހޭދައެއް ރައްޔިތުންގެ ހައްގުގައި ކުރަން ޖެހޭކަން." އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ލީޑަރު ވިދާޅުވި އެވެ.

 އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އިއްޔެ ފާސްކުރި މެމްބަރުންގެ އަސާސީ މުސާރަ 55،000 ރުފިޔާއަށް އިތުރުކުރުމަށެވެ. އެ ބަދަލާ އެކު ކޮމިޓީން ވަނީ މެންބަރުންނަށް 80،000 ރުފިޔާ މުސާރައިގެ ގޮތުގައި ދޭން ފާސްކޮށްފަ އެވެ. 

 ކޮމިޓީ އެލަވަންސްތައް ކުރިއެކޭ އެއްގޮތަށް ވެސް ލިބޭއިރު، ކޮމިޓީ އެލަވަންސްގެ ގޮތުގައި މެންބަރުންނަށް 20،000 ރުފިޔާގެ އެލަވަންސް މިހާރު ވެސް ލިބޭއިރު ބޮޑުކުރި މުސާރައާ އެކު މަހަކު 100،000 ރުފިޔާ ކޮންމެ މެމްބަރަކަށް ވެސް ދައުލަތުން މުސާރައިގެ ގޮތުގައި ދޭން ޖެހެއެވެ.

އެ ކޮމިޓީން ވަނީ ރައީސުލްޖުމްހޫރިއްޔާގެ މުސާރަ 120،000 ރުފިޔާއަށް ބޮޑުކޮށް ނައިބު ރައީސްގެ މުސާރަ 93،000 ރުފިޔާއަށް ބޮޑުކުރަން ފާސްކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް