އަބީޝޭކްގެ ގެއިން އައިޝްވާރިއާ ނުކުމެގެން ގޮސް މިހާރު ދިރިއުޅެމުން އަންނަނީ އޭނާގެ މަންމަމައާއެކުއެވެ.
އައިޝްވާރިއާއި އޭނާގެ ފިރިމީހާ އަބީޝޭކް އާއި ކައިވެނިކޮށްގެން ވެސް ދިރިއުޅެން އައީ ނުތަނަވަސް ދިރިއުޅެމެކެވެ. އެއީ އަބީޝޭކްގެ އާއިލާއިން އައިޝްވާރިއާއަށް ގޯނާ ކުރާތީއެވެ. އަބީޝޭކްގެ އާއިލާ މީހުންނާ އާއިޝްވާރިއާ ވާހަކަ ނުދައްކާތާ އަހަރުތަކެއް ވެއްޖެއެވެ.
ނަމަވެސް މިހަފްތާ ތެރޭގައި އައިޝްވާރިއާ ވަނީ އަބީޝޭކް އާއިލާއިން ދިރިއުޅެމުން ދިޔަ ގެއިން ނުކުމެގެން ގޮސްފައެވެ. ދެމަފިރިން ދާދިފަހުން އެކުގައި އުޅެމުން އައީ ބޮޑެތި މައްސަލަތަކާއެކުއެވެ. ނަމަވެސް ދަރިފުޅަށްޓަކާ ދެމަފިރިން އެކުގައި އުޅުމަށް ކުރި މަސައްކަތް ނާކާމިޔާބުވުމުން އައިޝްވާރިއާ ވަނީ ގެއިން ނުކުމެގެން ގޮސްފައިކަމަށް ރިޕޯޓުތައް ބުނެއެވެ.