ads
ސްޓީވަން ޑިކް
އިނގިރޭސި ވިލާތުގެ ސަފީރެއް ކޮވިޑް19 ޖެހިގެން މަރުވެއްޖެ!
ބްރިޓިޝް އެމްބަސީ ގެ ސަފީރެއް ކަމަށްވާ ސްޓީވަން ޑިކް ކޮވިޑް19 ޖެހިގެން މަރުވެއްޖެ އެވެ.

ހަންގޭރީ ގެ ބުދަޕެސްޓް ގައި ހިމެނޭ ބްރިޓިޝް އެމްބަސީ ގެ ޑެޕިއުޓީ ހެޑް އޮފް މިޝަން ކަމަށްވާ ސްޓީވަން ޑިކް މި އަންގާރަ ދުވަހު ކޮރޯނާ ވައިރަސް އަށް ޕޮސިޓިވް ވެފައި ވަނިކޮށް މަރުވެފައިވާކަމަށް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ. 

އިނގިރޭސި ވިލާތުގެ ފޮރީން އެންޑް ކޮމޮންވެލްތު އޮފީސް އިން ބުނެފައިވާ ގޮތުގައި ކޮރޯނާ ވައިރަސް ގެ ސަބަބުން 37 އަހަރުގެ ސްޓީވެން ޑިކް ގެ މަރުގެ ވާހަކަ އެނގުމުން ހުރިހާ ސްޓާފުން ވެސް އެކަމާ ވަރަށް ބޮޑަށް ހިތާމަ ފާޅުކުރިއެވެ. 

ސްޓީވެން ގެ އާއިލާއިން އޭނާ އާއި ބެހޭގޮތުން ބުނެފައިވަނީ، ސްޓީވަން އަބަދު ވެސް އިނގިރޭސިވިލާތުގެ ފޮރީން އެންޑް ކޮމޮންވެލްތު އޮފީހުގައި މަސައްކަތް ކުރަން ބޭނުން ވިކަމަށާއި، އިނގިރޭސިވިލާތުގެ ސަފީރެއްގެ ގޮތުގައި މަސައްކަތް ކޮއްފައިވަނީ އެކަމަށް ވަރަށް ކުރާ ހިތުން އެކަމަށް އިންޓެރެސްޓު ހުރެގެން ކަމަށް ކަމުގައެވެ. އަދި އިތުރަށް މިކަމާއި ގުޅޭގޮތުން ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށްވެސް ސްޓީވަން ގެ އާއިލާއިން ވަނީ ބުނެފައެވެ. 

ޔޫކޭ ގެ ހެޑް އޮފް މިޝަން ކަމުގައިވާ ލެއިން ލިންޑްސީ ވިދަޅުވި ގޮތުގައި، ސްޓީވަން އާއި އެކީ ކުރީ އަހަރު ގެ އޮކްޓޯބަރުން ފެށިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. 

މުޅިދުނިޔެއަށް ފެތުރިފައިވާ ނޮވެލް ކޮރޯނާ ވައިރަސް ގެ އަސަރު ވަނީ ހަންގޭރީ އަށް ވެސް ފޯރާފައެވެ. މިގޮތުން، 226 މީހުން ޕޮސިޓިވެފައިވާ އިރު 10 މީހުން ވަނީ މި ބަލީގައި މަރުވެފައެވެ. ސަލާމަތް ކުރެވިފައިވަނީ 21 މީހުންނެވެ. 

އިނގރޭސި ވިލާތުގައި ކޮރޯނާ ވައިރަސް ގެ 9،529 ކޭސް ވަނީ ފެނިފައެވެ. މި ބަލީގެ ސަބަބުން 465 މީހުން މަރުވެފައިވީއިރު 135 މީހުން ވަނީ މިބަލިން ސަލާމަތް ކުރެވިފައެވެ. މީގެ އިތުރުން އިނގިރޭސި ވިލާތުގެ، ޕްރިންސް އޮފް ވޭލްސް ވެސް ވަނީ ކޮވިޑް-19 އަށް ޕޮސިޓިވް ވެފައެވެ. 

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް