ads
ޓެންޑާ ބޯޑުގެ ހިންގާ ގަވައިދު ފުރަތަމަ ފަހަރަށް އެކުލަވާލައިފި
ދައުލަތުގެ ޕްރޮކިއުމަންޓުގެ ކަންކަން ބަލަހައްޓާ ނޭޝަނަލް ޓެންޑާ ބޯޑުގެ ހިންގާ ގަވާއިދެއް އަލަށް އެކުލަވާލައި، އެ ގަވާއިދަށް އަމަލުކުރަން ފަށައިފި އެވެ.

ޓެންޑާ ބޯޑަކީ ސަރުކާރުގެ މަޝްރޫއުތަކަށް ހުށަހަޅާ ބީލަންތައް ދިރާސާކުރުމަށްފަހު އިންސާފުވެރިކަމާއެކު ކުންފުނިތަކާ އެ މަސައްކަތް ހަވާލުކުރަން ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގާ، ރައީސުލްޖުމްހޫރިއްޔާ އެކުލަވާލާފައިވާ ބޯޑެކެވެ.

ބޯޑުގެ ޗެއާޕާސަނާއި ވައިސް ޗެއާޕާސަންގެ އިތުރުން މެމްބަރުންގެ މަސްއޫލިއްޔަތުތަކާއި، ސުލޫކީ މިންގަނޑާއި ބޯޑުގެ ބައްދަލުވުންތަކުގެ ތަފްސީލާއި ކަންކަން ނިންމުމުގައި ފުރިހަަމަ ކުރަން ޖެހޭ އިޖުރާއަތްތައް މާލިއްޔަތު ގަވާއިދުގެ ދަށުން ޓެންޑާ ބޯޑުން އެކުލަވާލި ގަވާއިދުގައި ވަނީ ބަޔާންކޮށްފަ އެވެ. އަދި ބޯޑުގެ ހުރިހާ ބައްދަލުވުންތަކެއް ޔައުމިއްޔާ ބަލަހައްޓަން ޖެހޭ ގޮތަށް ހަދައި، އޭގައި ހިމަނަން ޖެހޭ މައުލޫމާތުތައް ވެސް ގަވައިދުގައި ވަނީ ބަޔާންކޮށްފަ އެވެ.

ޓެންޑަ ބޯޑުގެ ނިންމުންތައް ފިނޭންސް މިނިސްޓްރީން ކަނޑައަަޅާ އުސޫލެއްގެ ތެރެއިން އާންމުކުރެވޭނެ ކަމަށް ގަވާއިދުގައި އޮތް ނަމަވެސް، އެކަންކަން ބޯޑުން ސިއްރުކުރުމަށް ކަނޑައެޅިދާނެ ކަމަށް ވެސް ގަވާއިދުގައިވެ އެވެ.

ބޯޑުގެ މަސްއޫލިއްޔަތުތައް:

  • ބޯޑަށް ހުށަހެޅިފައިވާ ޓެންޑާތަކުގެ ކަންކަން ގަވާއިދާ އެއްގޮތަށް ކުރިއަށް ގެންގޮސްފައިވާކަން ކަށަވަރުކުރުމާ އެކު، ޓެންޑަރުތަކާ މެދު ގޮތް ނިންމުން
  • އެއްބަސްވުންތަކާ ގުޅިގެން ދެބަސްވުމެއް އުފެދޭ ހާލަތުގައި އެޖުޑިކޭޓަރަކީ ނުވަތަ އެޖުޑިކޭޓަރެއް އައްޔަނުކުރާ ފަރާތަކީ ޓެންޑާ ބޯޑު ކަމަށް ބަޔާންކުރާ ހާލަތުގައި އެކަން ކުރުން
  • ބޯޑުގެ މަސްއޫލިއްޔަތެއް އަދާކުރަން ހާއްސަ އުސޫލެއް އެކުލަވާލަން ބޯޑަށް ފެންނަ ހާލަތުގައި އެފަދަ އުސޫލުތައް އެކުލަވާލުން
  • ބޯޑުގެ ހުއްދައަށް އެދި ހުށަހަޅާ ވޭރިއަޝަންތަކާ މެދު ގޮތް ނިންމުން

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދާދި ފަހުން ނެޝަނަލް ޓެންޑާ ބޯޑު އަލުން އެކުލަވާލައި، އެ ބޯޑުގެ ޗެއާޕާސަނަކަށް ފިނޭންސްގެ މިނިސްޓްރީގެ ނައިބު އަހުމަދު ސާއިދު ހަމަ ޖައްސަވާފަ އެވެ. އެ ބޯޑުގެ ވައިސް ޗެއާޕާސަނަކީ އަބްދުﷲ އިމްރާނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް