ads
ޕާސްޕޯޓު ނަގަން ދާއިރު އައިޑީ ކާޑު ގެންދަން ނުޖެހޭ ގޮތް ހަދައިފި
ވެރިފަރާތުން ޕާސްޕޯޓު ނަގަންދާއިރު އައިޑީ ކާޑު ގެންދަން ނުޖެހޭ ގޮތަށް މޯލްޑިވްސް އިމިގްރޭޝަނުން ނިންމައިފި އެވެ.
Advertisement

އިމިގްރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިގޮތަށް ނިންމީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅާ އެއްގޮތަށް، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ހިދުމަތްތައް ވީހާވެސް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ކަމަށެވެ.

އިމިގްރޭޝަނުން ބުނި ގޮތުގައި އިލެކްޓްރޯނިކް ޕާސްޕޯޓާ ހަވާލުވުމަށް ވެރިފަރާތުން ހާޒިރުވާއިރު މިހާރު އައިޑީކާޑު ގެންދަން ނުޖެހޭނެ ކަމުގަ އެވެ. އަދި 18 އަހަރުނުވާ ކުދިންގެ ބެލެނިވެރިން ކުދިންނާ އެކު ޕާސްޕޯޓް ނަގަންދާއިރު އެ ފަރާތްތަކުގެ އައިޑީކާޑުގެ ފޮޓޯއެއް ދައްކާލުމުން ކާޑު ވެރިފައި ކޮށްދޭނެ ކަމަށް އިމިގްރޭޝަނުން ބުނެފައިވެ އެވެ.

މީގެއިތުރުން ނޮން އިލެކްޓްރޯނިކް އަދި އެމަޖެންސީ ޕާސްޕޯޓު ނެގުމަށް ވެސް، ވެރިފަރާތުން ޕާސްޕޯޓާ ހަވާލުވާނަމަ ކޮންމެހެން އައިޑީ ކާޑު ގެންދާކަށް ނުޖެހޭނެ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.

އިމިގްރޭޝަންގެ ބަޔާނުގައި އިތުރަށް ބުނީ މަގުބޫލު އުޒުރެއް އޮވެގެން އެހެން ފަރާތަކުން ޕާސްޕޯޓާ ހަވާލުވާނަމަ، އިގުރާރު ސިޓީގައި އެ ފަރާތެއްގެ އައިޑީ ކާޑުގެ ސިރީއަލް ނަންބަރު ޖަހަން ޖެހޭނެ ކަމަށެވެ. އަދި އެއަށްފަހު ޕާސްޕޯޓާ ހަވާލުވުމަށް އައިސް އެފަރާތެއްގެ އައިޑީކާޑުގެ ފޮޓޯއެއް ދެއްކުމުން ވެރިފައިކޮށްދޭނެ ކަމަށް އިމިގްރޭޝަނުން މައުލޫމާތުދެ އެވެ.

އިމިގްރޭޝަނުން ބުނީ އެ އިދާރާގެ މަގުސަދަކީ ހިދުމަތް ހޯދުމަށް އަންނަ ރައްޔިތުންގެ އަޑުއަހައި، އެ ފަރާތްތަކަށް ދިމާވާ ދަތިތައް ހައްލުކޮށްދީގެން، ހަރުދަނާ އަދި ލުއިފަސޭހަ ހިދުމަތެއް ދިނުން ކަމަށެވެ.

ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ދާދިފަހުން އިމިގްރޭޝަނުން ވަނީ ރީޖަނަލް އޮފީސްތައް ގާއިމުވެފައި ހުރި ސިޓީތަކަށް ޕާސްޕޯޓު ފޮނުވުުން ދެގުނައަށް އަވަސްކޮށްފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް