ads
ކޮވިޑް-19 އާއެކު އެމެރިކާގައި ބިހުގެ ޑިމާންޑް މައްޗަށް
އެމެރިކާގާއި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެން ފެށުމުން އެ ގައުމުގެ ބިހުގެ ޑިމާންޑު ބޮޑުތަނުން އިތުރުވެ ބިހުގެ އަގު އުފުލިއްޖެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ގޭގައި ކައްކައިގެން ކާން ފެށުމުން ސްޓޮކްކޮށް އެއްޗެހި ގަންނަ ފަރާތްތަކުން އެންމެ ގިނައިން ގަންނަ އެކެއްޗަކަށް އެމެރިކާގައި ވެފައިވަނީ ބިހެވެ. މީގެ ސަބަބުން ބިހުގެ ސަޕްލައި މަދުވަމުންދާކަމަށް އެގައުމުގެ ނޫސްތަކުން މައުލޫމާތުދެއެވެ.

އެމެރިކާގެ ނޫސްތަކުގައި ވާގޮތުން މާޗް މަހުގެ 14 ވަނަ ދުވަހާ ހަމައަށް އައިރު އެ ގައުމުގައި ބިހުގެ ވިޔަފާރި ވަނީ ފާއިތުވި އަހަރާ އަޅާބަލާއިރު 44 އިންސައްތަ އިތުރުވެފަ އެވެ. މީގެ ސަބަބުން ވަލްމާޓް ފަދަ ބޮޑެތި ފިހާރަތަކުން ވަނީ ބިސް ވިއްކާ އަދަދު ކޮންޓްރޯލްކޮށްފަ އެވެ.

ކޯމޯޑިޓީ މާކެޓް ރީސާޗް ކުންފުންޏެއް ކަމައްވާ އާނާ ބެރީގެ ޑިރެކްޓާ އަދި ބިސް އެންލިސްޓެއް ކަމައްވާ ބްރިއަން މޮސްކޮގިއުރީ ބުނެފައި ވަނީ މިދަނޑިވަޅުގައި ހުރިހާ ރައްޔިތުންވެސް ގިނަ އިން އެއްޗެހި ގަނެ ސްޓޮކް ކުރަމުން ދާކަމަށާއި އެގެ ތެރޭގައި ކިރާއި ބިހުގެ އިތުރުން ޕާން ފަދަ ތަކެތި ހިމެނޭ ކަމަށެވެ.

ރީޓެއިލް ފިހާރަތަކުން ކުރިން އޯޑަރުކުރާ ބިހުގެ އަދަދުގެ ހަ ގުނަ އިތުރަށް މިހާރު އޯޑަރު ކުރަމުން ދާކަމަށާއި ހޯލްސޭލް ކޮށް ބިސް ވިއްކާ އަގު 180 އިންސައްތަ މައްޗަށް ގޮސްފައިވާކަމަށް ނޫސްތަކުން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް