ads
އުރީދޫ ފަން ރަން 2023 ގެ މެޑިކަލް ޕާޓްނަރަކަށް ޓްރީ ޓޮޕް ހޮސްޕިޓަލް ވަނީ ޕާޓްނާވެފައި - ފޮޓޯ:އުރީދޫ
އުރީދޫ ފަން ރަންގެ މެޑިކަލް ޕާޓްނަރަކަށް ޓްރީ ޓޮޕް ހޮސްޕިޓަލް
އުރީދޫ ފަން ރަން 2023 ގެ މެޑިކަލް ޕާޓްނަރަކަށް ޓްރީ ޓޮޕް ހޮސްޕިޓަލް (ޓީޓީއެޗް) އާއެކު އުރީދޫ މޯލްޑިވްސްއިން ޕާޓްނަވެއްޖެ އެވެ.

އުރީދޫން ބުނީ މި ޕާޓްނަޝިޕްގެ އަމާޒަކީ ރާއްޖޭގައި ބާއްވާ އެންމެ އުފާވެރި 5ކޭ ދުވުމުގެ ބައިވެރިންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުން ކަމަށެވެ.

މި ޕާޓްނަޝިޕްގެ ދަށުން އުރީދޫން ޓްރީ ޓޮޕް ހޮސްޕިޓަލާ ގުޅިގެން އަގުހުރި ހެލްތް ޓިޕްސްތަކުގެ ގޮތުގައި ޑައެޓާއި ކަސްރަތުގެ އިރުޝާދުތައް ސޯޝަލް މީޑިއާ މެދުވެރިކޮށް ދުވުންތެރިންނަށް ފޯރުކޮށްދޭނެ އެވެ.  

އުރީދޫން ބުނެފައި ވަނީ މާދަމާ ހަވީރު 3:30 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ފަން ރަން އިވެންޓުގައި، ބައިވެރިންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި ޓްރީ ޓޮޕް ހޮސްޕިޓަލުން މުހިންމު ދައުރެއް އަދާކުރާނެ ކަމަށެވެ. ހެނދުނުގެ ޑްރޯން ރޭހާއި 5ކޭ ދުވުމުގެ އިވެންޓް އިވެންޓުގައިވެސް ޓީޓީއެޗުން ފަސްޓް އެއިޑް އަދި މެޑިކަލް ހިދުމަތް ފޯރުކޮށްދޭނެ ކަމަށް އުރީދޫން ބުނެ އެވެ. އެ ކުންފުނިން ބުނި ގޮތުގައި ހުޅުމާލެ ސެންޓްރަލް ޕާކުގެ އިވެންޓް ސަރަހައްދުގައި ޓީޓީއެޗްގެ ޓެންޓުން ދުވުންތެރިންނަށް ވަގުތުން އެހީތެރިކަމާއި އަޅާލުން ދިނުމަށް އެ ހޮސްޕިޓަލުގެ ޓީމުން ތައްޔާރަށް ތިބޭނެ ކަމުގަ އެވެ.

ކޮމިއުނިޓީ އިވެންޓުތަކަށް އެހީތެރިވުމުގެ އިތުރުން ޓްރީ ޓޮޕް ހޮސްޕިޓަލުން ދާދިފަހުން ވަނީ ރާއްޖޭގެ ސިއްހީ ހިދުމަތް ކުރިއެރުވުމަށް އީޖާދީ ހިދުމަތްތަކެއް ތައާރަފުކޮށްފަ އެވެ. ކަކުލުގެ އާތުރައިޓިސް، ކުޅިވަރުގެ ސަބަބުން ލިބޭ އަނިޔާ އަދި ކަކުލުގައި ރިއްސުން ފަދަ ކަންކަމަށް ހައްލު ހޯދައިދިނުމުގެ ގޮތުން ޕްލެޓްލެޓް ރިޗް ޕްލާޒްމާ (ޕީއާރުޕީ) ފަރުވާތައް އެ ހޮސްޕިޓަލުން މިހާރު ފޯރުކޮށްދެ އެވެ. މީގެ އިތުރުން އެންމެ ޒަމާނީ އެމްއާރުއައި މެޝިނަކާ އެކު ޓީޓީއެޗްގެ ޑައިގްނޯސްޓިކް ގާބިލުކަން ފުޅާކޮށް، ކާޑިއެކް އިމޭޖިން އާއި ނިއުރޮލޮޖީ އިމޭޖިން ފަދަ ހިދުމަތްތައް ފޯރުކޮށްދެ އެވެ. 

އުރީދޫ ފަން ރަން 2023 ކުރިއަށްދާއިރު ޓްރީ ޓޮޕް ހޮސްޕިޓަލުގެ އިމަޖެންސީ ރޫމްވެސް އޮންނާނީ ފުލް އެލާޓުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް