ads
ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫއުގައި ގާނޫނާ ހިލާފަށް ކަމެއް ހިންގާފައެއް ނޯންނާނެ
ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫއުގައި ގާނޫނާއި ގަވާއިދާ ހިލާފަށް ކަމެއް ހިންގާފައި ނޯންނާނެ ކަމަށް އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެ އެވެ.

ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫއާ ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް އާބަންކޯގެ އެގްޒިބިޝަން ސެންޓަރުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފަޒުލް ވިދާޅުވީ އެ ފަޅު ހިއްކުމުގެ މަޝްރޫއުގެ މަސައްކަތްތަކުގެ ތެރެއިން ގާނޫނާއި ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް ހިންގާފައިވާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން މި ޕްރޮސެސް ތެރޭގައި އެއްވެސް ވަރަކަށް ގާނޫނާއި ގަވާއިދާ ހިލާފު އެއްވެސް ކަމެއް ހިނގާފައި އޮތް ކަމަކަށް. އެކަން އެގޮތަށް އޮތް ކަމުގައި އެބޭފުޅުންނަށް ގަބޫލު ކުރެވެންޏާމު މިހާރުވެސް އަޅުގަނޑަށް ހީވަނީ އޭސީސީއަށް މައްސަލައެއް ލާފައި އޮތް ހެން، ކޮންމެވެސް ބޭފުޅަކު ނުވަތަ ރައްޔިތަކު އެބޭފުޅުންގެ ނަން ކަންބޮޑުވުން ހިއްސާ ކުރައްވާފައި،" - އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު

އަމާޒަކީ ފަސް އަހަރު ދުވަހުގެ ތެރޭގައި "ރަސްމާލެ" ގައި މީހުން އާބާދުކުރުންކަން ފާހަގަކުރައްވާ ފަޒުލް ވިދާޅުވީ އާބަންކޯއިން މަސައްކަތް ކުރަމުން އަންނަނީ އެ އަމާޒު ހާސިލު ކުރުމަށް ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް