ads
ފުށިދިއްގަރު ފަޅު މަޝްރޫއުގެ އަގު އަދާކުރާނީ 70 ހެކްޓަރުގެ ބިން ދީގެން
ފުށިދިއްގަރު ފަޅު މަޝްރޫއުގެ އަގު އަދާކުރާނީ 70 ހެކްޓަރުގެ ބިން ސީއެމްސީއަށް ދީގެން ކަމަށް އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެ އެވެ.
Advertisement

ފުށިދިއްގަރު ފަޅު ބިން ހިއްކުމުގެ މަޝްރޫއާ ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް އާބަންކޯގެ އެގްޒިބިޝަން ސެންޓަރުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފަޒުލް ވިދާޅުވީ ފުށިދިއްގަރު ފަޅު، "ރަސްމާލެ" ގެ ގޮތުގައި ތަރައްގީ ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެޑްމިނިސްޓްރޭޝަނުން ކުރިއަށް ގެންދާ މަޝްރޫއުގެ އަގު އަދާކުރުމަށް ނިންމާފައި ވަނީ ހުޅުމާލޭން 10 ހެކްޓަރުގެ ބިމާއި ފުށިދިއްގަރު ފަޅުން ހިއްކާ ބިމުން 60 ހެކްޓަރުގެ ބިން ސީއެމްސީއަށް ދީގެން ކަމަށެވެ.

"ހުޅުމާލޭން ދޫކުރާ 10 ހެކްޓަރު. ރަސްމާލޭން ދޫކުރާ 60 ހެކްޓަރު. އޭގެ ބަދަލުގައި އަޅުގަނޑުމެންނަށް މި ލިބެނީ 1،093 ހެކްޓަރު ބިން. އެޗްޑީސީގެ އެސެޓަށް، އެޗްޑީސީއަށް ޖަމާވެގެން މި އަންނަނީ," - އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު

އެ ބިންތައް ދޫކުރުމަށް ހަމަޖެހިފައި ވަނީ "ޑިވެލޮޕްމެންޓް ޕީރިއަޑް" އަކަށް ކަން ފާހަގަކުރައްވާ ފަޒުލް ވިދާޅުވެފައި ވަނީ އެއީ 49 އަހަރު + 50 އަހަރު ކަމަށެވެ. މި ބިންތައް ޖުމްލަ 99 އަހަރަށް އެ ކުންފުނިތަކަށް ލިބޭއިރު، ބިންތައް ބޭނުން އަގެއްގައި ވިއްކޭނެ ކަމަށް ފަޒުލް ވިދާޅުވި އެވެ. އޭނާ ވިދާޅުވެފައި ވަނީ ބިންތައް ވިއްކޭނީ ހުޅުމާލޭގެ މާސްޓާ ޕްލޭނާ އެއްގޮތަށް ކަމަށެވެ.

ފުށިދިއްގަރު ފަޅުގެ މަޝްރޫއު ފެށުމަށް މި ފެށޭ އަހަރަށް ލަފާކުރި ދައުލަތުގެ ބަޖެޓުގައި 400 މިލިއަން ރުފިޔާ ހިމެނި އެވެ. އެހެންނަމަވެސް ރައްޔިތުންގެ މަޖިލިހުން އެ ބަޖެޓު އުނިކުރުމާ ގުޅިގެން ސަރުކާރުން ވަނީ އާބަންކޯ މެދުވެރިކޮށް އެ މަޝްރޫއުގެ މަސައްކަތް ފަށާފަ އެވެ. މި މަޝްރޫއުގެ ސަބަބުން އެ ކުންފުނީގެ ކޭޝްފްލޯއަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް އާބަންކޯއިން ބުނެ އެވެ.

ގާތްގަނޑަކަށް 1،280 ހެކްޓަރުގެ މި ފަޅުން 1،153 ހެކްޓަރު ހިއްކުމުގެ މަސައްކަތް ރައީސް މުއިއްޒުގެ އެޑްމިނިސްޓްރޭޝަނުން ފަށާފައި ވަނީ މިދިޔަ ހޯމަ ދުވަހު އެވެ.

33%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް