ads
ފިޝަރީޒް މިނިސްޓަރު ޝިޔާމް: ރައްޔިތުންގެ ކަންކަން ގާތުން ބެލުމުގެ ގޮތުން ވަޒީރުންނާއި ކުންފުނިތަކުގެ އިސްވެރިން އަތޮޅުތެރެއަށް ދަތުރުތައް ވަނީ ފައްޓަވާފައި - ފޮޓޯ:ފިޝަރީޒް މިނިސްޓްރީ
ރައްޔިތުންގެ ގާތަށް ވަޒީރުން ޒިޔާރަތްކުރަނީ
ރައްޔިތުންގެ ކަންކަން ގާތުން ބެލުމުގެ ގޮތުން ވަޒީރުންނާއި ކުންފުނިތަކުގެ އިސްވެރިން އަތޮޅުތެރެއަށް ދަތުރު ފައްޓަވައިފި އެވެ.

މި ދަތުރުތަކާ ގުޅޭގޮތުން ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު "ސީއެންއެމް" އަށް ވިދާޅުވީ ހަފުތާ ބަންދާ ދިމާކޮށް ވަޒީރުން ރަށްތަކަށް ޒިޔާރަތްކުރައްވަން ނިންމަވާފައި ވަނީ ރައްޔިތުންގެ ކަންބޮޑުވުންތަކުގެ އަޑުއަހައި، ކައިރިން އެ ކަންކަން ދެކި، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ދެނެގަތުމަށް ކަމަށެވެ.

ވަޒީރުން ރަށްރަށަށް ހަފުތާ ބަންދުގައި ކުރައްވަން ނިންމާފައިވާ ދަތުރުތަކުގެ ސަބަބުން ރައްޔިތުންނަށް މިވަގުތަށް އެންމެ މުހިންމު ކަންކަން ސަރުކާރަށް އެނގި އެ ކަންކަން ހައްލު ކުރުމަށް ފަސޭހަވެގެން ދާނެ ކަމަށް ހީނާ ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސްކަމުގެ ހުވާކުރެއްވުމުގެ ކުރިން ވަނީ ރަށްތަކަށް މިފަދަ ދަތުރުތައް އެމަނިކުފާނު ހިމެނިވަޑައިގަންނަވާހެން ސަރުކާރުގެ އިސްވެރިން ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ބުދަ ދުވަހުގެ ރޭ ބޭއްވި ކަންގަތި އެވޯޑު ދިނުމުގެ ހަފުލާގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ރައްޔިތުންނާ ގާތުން މަސައްކަތްޕުޅު ކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ.

ރައީސް ވަނީ ދައުލަތް ފުރިހަމައަށް ހިންގަން ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، ރައްޔިތުންގެ ބޭނުންތަކާއި ދަތިތައް އޮޅުންފިލުވުމަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވާފަ އެވެ.

ރައީސް އޮފީސް ވެބްސައިޓުގައި ސީދާ އެމަނިކުފާނާ މުއާމަލާތު ކުރެވޭނެ ޕޯޓަލެއް ގާއިމުކުރުމަށް ރައީސް މުއިއްޒު ވަނީ ނިންމަވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް