ads
ރައީސް މުއިއްޒު: މާލޭހިޔާ އަދި ސިނަމާލެ ފްލެޓުތައް އަލުން ބިނާކުރުމުގެ މަސައްކަތް އަންނަ ފެބުރުއަރީ މަހުގެ ތެރޭގައި ފައްޓަވާނެ ކަމުގައި ވިދާޅުވި - ފޮޓޯ:ރައީސް އޮފީސް
މާލޭހިޔާ އަދި ސިނަމާލެ ފްލެޓުތައް އަލުން ބިނާކުރަން ފެބުރުއަރީ މަހު ފަށަނީ
މާލެ އާއި ވިލިމާލޭގައި ހުރި މާލޭހިޔާ އަދި ސިނަމާލެ ފްލެޓުތައް ބާވެ ރޫޅެމުންދާތީ، އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން، އެތާނގައި ދިރިއުޅެމުންދާ ރައްޔިތުންނަށް، މާލީ އެއްވެސް ތަކުލީފެއް، ނުޖައްސައި އެ އިމާރާތްތައް އަލުން ބިނާކުރުމުގެ މަސައްކަތް އަންނަ ފެބުރުއަރީ މަހުގެ ތެރޭގައި ފައްޓަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރޭ ކުރިއަށްދިޔަ "ކަންގަތި އެވޯޑް 2023" ދިނުމުގެ ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މާލެ އާއި ވިލިމާލޭގައި ހުރި މާލޭހިޔާ އަދި ސިނަމާލެ ފްލެޓުތައް ބާވެ ރޫޅެމުންދާ ދިޔުމަކީ، އެމަނިކުފާނު ވަރަށް ކަންބޮޑުވާ މައްސަލައެއް ކަމުގަ އެވެ. އަދި އެކަމަށް ކަނޑައެޅިފައިވާ އުސޫލުތަކާއި ފަސޭހަތަކަކާ އެކު، އެ އިމާރާތްތަކުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ހައްލު ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.

"މި ފަސް އަހަރު ނިމޭއިރު، އެއްވެސް ދިވެހި ރައްޔިތަކު، ގެދޮރުވެރިކަން ނެތިގެން، ހިތާމަ އާއި ދެރަކަން އުފުލާކަށް ދެނެއް ނުޖެހޭނެ. ކޮންމެ ފަސް އަހަރަކުން އެއް ފަހަރު، ސިޔާސީ މީހުންގެ ކަންފަތްބުޑުގައި ސަލާން ޖަހާން، ނިކަމެތި ޖިފުޓިތަކެއްގައި ދިވެހި ރައްޔިތުން ބައިތިއްބާފައި މި ތިބިތިބުމަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ދާއިމަށް ނިމުން ގެނެސްދޭނަން،" - ރައީސް ޑރ. މުހައްމަދު މުއިއްޒު

މި ހަފުލާގައި މި ސަރުކާރުން ގެންގުޅުއްވާ ގެދޮރުވެރިކުރުވުމުގެ ސިޔާސަތުތައް ރައީސް ތަފްސީލީ ގޮތެއްގައި ވިދާޅުވެދެއްވި އެވެ. އެގޮތުން ރަސްމާލެ އާއި ގުޅީފަޅަށް އިތުރުކުރެވޭ ބޮޑު ބިމާއި ގިރާވަރު ފަޅުން އިތުރަށް ހިއްކައި އިތުރުކުރެވޭ ބޮޑު ބިމާއި މިހާރު އޮތް ހުޅުމާލެ އާއެކު ދިވެހީންގެ ގެދޮރުވެރިކަމުގެ ޒަމާންވީ ހިތްދަތިކަމަށް ދާއިމީ ހައްލެއް ލިބޭނެ ކަމުގައި އެމަނިކުފާނު ތަކުރާރުކުރެއްވި އެވެ.



0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް