ads
ވަރާން
ރިއާލް މެޑްރިޑުން ވަރާން އަލުން ގެންދަން ބޭނުން
ރިއާލް މެޑްރިޑުން މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވި، ރަފެއަލް ވަރާން އަލުން ގެންދަން ބޭނުންވެއްޖެއެވެ.

ފްރާންސްގެ ވަރާން އަލުން ގެންދަން ރިއާލް މެޑްރިޑުން ބޭނުންވީ އެ ކްލަބުގެ ޑިފެންޑަރު އަލަބާއަށް ލިބުނު އަނިޔާތަކާ ގުޅިގެން ގިނަ ދުވަސްތަކަށް ކުޅުމާ ދުރަށް ދާން ޖެހުމުންނެވެ. 

އުމުރުން 30 އަހަރުގެ ވަރާން، ޔުނައިޓެޑުން ދޫކޮށްލަން އުޅޭ ކަމަށް މި ދޭތެރެއަކުން ހަބަރުތައް ފެތުރުނެވެ. އަދި އޭނާގެ ސޮއި ހޯދުމަށް ސައުދީންވެސް މަސައްކަތް ކުރި ކަމަށް މިދޭތެރެއިން ރިޕޯޓްތައް އާއްމުވިއެވެ. 

ވަރާން އަލުން ގެންދަން ބޭނުން ކަމަށް ރިއާލް މެޑްރިޑުން ޝައުގުވެރިވިނަމަވެސް އަނިޔާއިން ރިކަވަރވެ މިހާރު އަލުން ކުޅުމުގެ ތެރެއަށް އައިސްފައިވާ ވަރާން ދޫކޮށްލާކަށް ޔުނައިޓެޑުން މިހާރު ބޭނުމެއް ނުވެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް