ads
އުރީދޫ މޯލްޑިވްސްގެ ފަރާތުން ކުރިއަށް ގެންދިޔަ އުރީދޫ ފަން ރަންގެ ތެރެއިން - ފޮޓޯ:އުރީދޫ
އުރީދޫ ފަން ރަންގެ ހަރަކާތްތައް މާދަމާ ހެނދުނު ފަށާނެ
އުރީދޫ މޯލްޑިވްސްގެ އަހަރީ ފަން ރަން ވީކެންޑް މާދަމާ ފަށާއިރު، ރާއްޖޭގައި ބާއްވާ ފުރަތަމަ ޑްރޯން ރޭހާއި އެންމެ ބޮޑު އަދި އެންމެ އުފާވެރި 5ކޭ ދުވުމުގެ އިތުރުން ރާއްޖޭގެ މަގުބޫލު ފަންނާނުން ހިމެނޭ އުރީދޫ މިއުޒިކް ޝޯވެސް ކުރިއަށްދާނެ ކަމަށް އުރީދޫ މޯލްޑިވްސްއިން ބުނެފި އެވެ.
Advertisement

އުރީދޫ ފަން ރަން ދުވަހުގެ ޕްރޮގްރާމް:

އުރީދޫ ޑްރޯން ރޭސް (މާދަމާ ހެނދުނު 8:00 އިން ފެށިގެން 11:00 އަށް)

ރާއްޖޭގައި ބޭއްވޭ އެންމެ ފުރަތަމަ ޑްރޯން ރޭސް - އުރީދޫ ޑްރޯން ރޭސް 2023 ގެ ފައިނަލް އޮންނާނީ މާދަމާ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. ފައިނަލް ރޭހުގައި ދެ ކެޓަގަރީއެއް ކަމަށްވާ ސްކައި އެލީޓް (އެފްޕީވީ ޑްރޯން) ޕައިލެޓުންނާއި ސްކައި ވޯކާ (ޑީޖޭއައި ނޮން-އެފްޕީވީ ޑްރޯންސް) ގެ ޕައިލެޓުން ބައިވެރިވާނެ އެވެ. މި ރޭހަކީ އެންމެ ކުރު މުއްދަތެއްގެ ތެރޭގައި ނިންމާ ވާދަކުރާ ރޭހެކެވެ. އުރީދޫ ޑްރޯން ރޭސް 2023 ގެ ސްކައި ވޯކާ އަދި ސްކައި އެލީޓް ކެޓަގަރީގެ ބައިވެރިން ވާދަކޮށް އެއް ވަނަ، ދެ ވަނަ އަދި ތިން ވަނައަށް ދާ ފަރާތްތަކަށް ހާއްސަ އިނާމުތަކެއް ވަނީ ހަމަޖެހިފަ އެވެ.

އުރީދޫ ފަން ރަން (މާދަމާ ހަވީރު 3:30 އިން ފެށިގެން 6:00 އަށް)

އުރީދޫ ފަން ރަން - ރާއްޖޭގެ އެންމެ ބޮޑު، އެންމެ އުފާވެރި ދުވުމަކީ ހުރިހާ އުމުރެއްގެ އާއިލާތަކަށާއި ރަހުމަތްތެރިންނަށް މަޖާކޮށްލެވޭ ގޮތަށް ފަރުމާކޮށްފައިވާ މަޖާ 5ކޭ ދުވުމެކެވެ. މި ދުވުން އޮންނާނީ މާދަމާ ހުޅުމާލޭގައި ހަވީރު 3:30 އިން ފެށިގެން 6:00 އަށެވެ. މަޖާ 5ކޭ މި ދުވުމުގައި އަލަށް ދުވާ ދުވުންތެރިންނާއި ތަޖުރިބާކާރު ދުވުންތެރިންވެސް މި އުފަލުގައި ބައިވެރިވެވޭނެ އެވެ. ކޮންމެ ކިލޯމީޓަރެއް ނިމުމުން ކުލަ އާއި ފެނާއި މަޖާ އޮބްސްޓޭކަލްސްތަކާ އެކު ތަފާތު ފަން ސްޓޭޝަންތައް ފެންނާނެ އެވެ. މި ދުވުމަކީ ޓައިމް އިވެންޓަކަށް ނުވާތީ، ފިނިޝިން ލައިނަށް ހިނގާލާފައި ޖޮގްކޮށްލާފައި ނުވަތަ ނަށާލުން ފަދަ ކަންކަމާ އެކު ބައިވެރިން އިހުތިޔާރު ކުރާ ގޮތަކަށް ދުވުން ނިންމާލެވޭނެ އެވެ. ދުވުން ނިންމާލާއިރު ފޯމް ޕާޓީއަކާއި ފިނިޝަ މެޑަލްއަކާއި މިއުޒިކް ޝޯއަކާ އެކު 5ކޭ ދުވުން ނިންމާލުމުގެ އުފާ ފާޅުކުރެވޭނެ އެވެ. 

އުރީދޫ މިއުޒިކް ފެސްޓިވަލް (މާދަމާ ރޭ 8:00 އިން ފެށިގެން 12:00 އަށް)

ފަން ރަން ނިންމާލުމަށް ފަހު އެހެން އަހަރުތަކެކޭ އެއްފަދައިން އުރީދޫ މިއުޒިކް ޝޯ ހުޅުމާލެ ސެންޓްރަލް ޕާކުގައި ރޭގަނޑު 8:00 ޖަހާއިރު ފެށިގެން ދާނެ އެވެ. މި ޝޯގެ އުފަލުގައި ކޮންމެ މީހަކަށްވެސް ބައިވެރިވެވޭނެ އެވެ. އުރީދޫ މިއުޒިކް ޝޯގައި ވެސް މަގުބޫލު އާޓިސްޓުން ފެނިގެންދާނެ އެވެ އޭގެ ތެރޭގައި:

  • ހަބޭސް ބޮޑުބެރު
  • ޑިޓިއުން 
  • މީރާ، ޝަމްބެ އަދި އިންމަ
  • ޑީޖޭ ދީދު
  • ޒަކިއްޓެ
  • ޓްރްފިކް ޖޭމް

އުރީދޫ ފަން ރަންގެ ހަރަކާތްތަކާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް އުރީދޫގެ ފޭސްބުކް، ޓްވިޓާ އަދި އިންސްޓަގްރާމް މެދުވެރިކޮށް ބަލާލެވޭނެ އެވެ. ފަން ރަންގެ އުފާވެރި ކަމުގައި ބައިވެރިވުމަށް ހުރިހާ ފަރާތްތަކަށްވެސް އުރީދޫން ދައުވަތުދެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް