އައްޑޫ ސިޓީ ގަމުގެ ދެކުނު ފަރާތަށް، އިހި ނަގަން މޫދަށް ފޭބި ޒުވާނަކު ގެއްލިގެން، އެމްއެންޑީއެފްގެ ކޯސްޓްގާޑުން އެމީހާ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

Advertisement
އެމްއެންޑީއެފްއިން ބުނީ އެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ރޭ 22:10 ހާއިރުއެވެ.
ގަމުގެ ދެކުނު ފަރާތަށް އިހި ނަގަން ފޭބި ތިން މީހުންގެ ތެރެއިން ގެއްލިފައިވަނީ އުމުރުން 18 އަހަރުގެ ސ.މަރަދޫ ކުރެދުމާގޭ، މުޙައްމަދު ނައީޝްއެވެ.
އެ މީހާ ގެއްލުނުއިރު ލައިގެން ހުރީ އަތްދިގު ހުދު ކުލައިގެ ޓީޝާޓެއްކަމަށް އެމްއެންޑީއެފް ބުނެއެވެ.
ޒުވާނާ ގެއްލުނުކަމަށް ބެލެވޭ ސަރަހައްދުގެ ޖީޕީއެސް ލޮކޭޝަން ފާހަަގަކުރެވިފައި—
ގެއްލުނު މީހާ ހޯދުމުގެ މަސަައްކަތުގައި، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ފާސްޓް އިންޓަރސެޕްޓާ ކްރާފްޓް "ދޮށިމޭނާ" އާއި "ހާބާކްރާފްޓް 105"، ޑައިވަރުންގެ ޓީމަކާއެކު މިހާރު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދެއެވެ.
އެ މީހާއާ ބެހޭ އެއްވެސް ހަބަރެއް ވޭތޯ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދު ފަހަރުންނާއި، އެ ހިސާބުގެ ރަށްތަކުން ބަލައިދިނުމަށް އެދިފަވެއެވެ.
އަދި އޭނާ އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފަވާނަމަ ލަސްނުކޮށް އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުމަށް އެމްއެންޑީއެފް އިން އެދެއެވެ.