ކޮފީވިތް ކަރަން ގައި ވާހަކަ ދައްކަމުން އަޖޭ ބުނީ "ޝާހުރުކް ހާން އަކީ ވިއްކާލަން ފަސޭހަ" މީހެއްކަމަށެވެ.
އަޖޭ މިހެން ބުނެފައިވާއިރު، ޝާހުރުކް ހާން ވަނީ މި އަހަރު ތިން ފިލްމެއް ނެރިފައެވެ. އެއީ ޕަޓާން، ޖަވާން އަދި ޑަންކީ އެވެ. ނަމަވެސް ސަލްމާން ހާން މި އަހަރު ނެރުނު ފިލްމުތަކުގެ ތެރެއިން ހިނގާފައިވަނީ "ޓައިގާ 3" އެކަންޏެވެ.
އަޖޭ މިހެން ބުނިއިރު ޝާހުރުކް ހާން މީގެ ކުރިން މި އަހަރު ނެރުނު ދެ ފިލްމު ޕަޓާން އަދި ޖަވާން އަށް ވެސް ވަނީ ބޮޑު ތަރުހީހެއް ލިބިފައެވެ. މިގޮތުން މި ދެ ފިލްމު ވަނީ ބޮކްސް އޮފީހުގައި 1000 ކަރޯޑު ރުޕީޒް (120 މިލިއަން އެމެރިކާ ޑޮލަރު) އަށްވުރެ ގިނައިން ހޯދާފައެވެ.
ބުރާސްފަތި ދުވަހު ނެރުނު ޑަންކީ ވެސް އަންނަނީ ބޮޑު ތަރުހީބެއް ހޯދަމުންނެވެ.