ads
ނިއުރޭޑިއަންޓްގެ ދިދަ ހިފައިގެން އެ ކްލަބުގެ ސަޕޯޓަރުން
ދެވަަނަ ޑިވިޝަން: ނިއުރޭޑިއަންޓް ފަސޭހަ ގްރޫޕެއްގައި
އަންނަ އަންގާރަ ދުވަހު ހަވީރު، ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ފަށަން ނިންމައި މުބާރާތުގެ ގުރުއަތު ނަގައިފިއެވެ.

ތިން ފަހަރެއްގެ މަތިން ފަސް ކުރި މުބާރާތް އަންނަ އަންގާރަ ދުވަހު ފަށާނީ، މަހިބަދޫއާ މަސްއޮޑި ކުޅޭ މެޗުންނެވެ. މުބާރާގުގެ ގުރު އިއްޔެ ނަގާފައިވާއިރު، ރމުބާރާތުގައި ރާއްޖޭގެ ފުޓްބޯޅައިގެ ގަދަ ދެ ބާރު ކަމަށްވާ ނިއުރޭޑިއަންޓާއި ވިކްޓްރީ ލައްވާލީ ދެ ގްރޫޕެއްގައެވެ.

މުބާރާތުގައި ބައިވެރިވި 15 ޓީމް ބަހާލީ ތިން ގްރޫޕަކަށެވެ. ކޮންމެ ގްރޫޕަކުންވެސް އެއްވަނަ އަދި ދެވަނަ ޓީމަށް ކުއާޓަރ ފައިނަލްގެ ޖާގަ ލިބޭނެއެވެ. ކުއާޓަރ ފައިނަލްގެ ފަހު ދެ ޖާގަ ލިބޭނީ، ތިން ގްރޫޕް އެއްކޮށް އެންމެ ރަނގަޅު ނަތީޖާ ހޯދާ ތިންވަނަ ޓީމާއި, ހަތަރުވަނަ ޓީމަށެވެ. ފައިނަލަށް ދާނީ ސެމީފައިނަލް ދެމަޗަށްފަހު ކުރި ހޯދާ ދެޓީމެވެ. ފައިނަލަށް ދާ ދެ ޓީމުވެސް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވާނެއެވެ.

ގްރޫޕް އޭ

މަސްއޮޑި ސްޕޯރޓްސް ކްލަބް

މަހިބަދޫ ސްޕޯރޓްސް ކްލަބް

ޖޭޖޭ ސްޕޯރޓްސް ކްލަބް

ކުޑަހެންވެއިރު ސްޕޯރޓްސް ކްލަބް

އެލްޓީ ސްޕޯރޓްސް ކްލަބް

ގްރޫޕް ބީ

ބީޖީ ސްޕޯރޓްސް ކްލަބް

ޓެންޓް ސްޕޯރޓްސް ކްލަބް

ދަ ގްރާންޑޭ

ނިއުރޭޑިއަންޓް ސްޕޯރޓްސް ކްލަބް

ކްލަބް ޓީނޭޖް

ގްރޫޕް ސީ

ކްލަބް ޕީކޭ

ވިކްޓްރީ ސްޕޯރޓްސް ކްލަބް

ލޮރެންޒޯ ސްޕޯރޓްސް ކްލަބް

ބިސް ބުރު ސްޕޯރޓްސް ކްލަބް

ލެގޫންސް ސްޕޯރޓްސް ކްލަބް

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް