ads
އެމްޕީއެލުން ކަނޑާލި ޕީޕީއެމް މީހަކަށް ބައި މިލއަން ރުފިޔާ
އެމްޕީއެލްގެ ވަޒީފާއިން ކަނޑާލި ޕީޕީއެމްގެ މީހަކަށް ބައި މިލިއަނެއްހާ ރުފިޔާ ދޭން ޖެހިއްޖެއެވެ.

މިއީ 2019 ވަނަ އަހަރު، އެމްޕީއެލްގެ ވަޒީފާއިން ކަނޑާލި މީހެއްގެ މައްސަލައެވެ. އެ މީހާ ވަޒީފާއިން ވަކިކުރީ، އެމްޕީއެލްގެ އޮނިގަނޑަށް ގެނައި ބަދަލަކާއެކު، އެ ކުންފުނީގެ ބޯޑުން ނިންމައިގެންނެވެ. 

އެ ކުންފުނީގެ ބޯޑުން ނިންމި ނިންމުމާއެކު، އޭނާ ވަޒީފާއިން ވަކިކުރުމުން އޭނާ އެ މައްސަލައިގައި އެ ކުންފުންޏާ ދެކޮޅަށް މައްސަލަ ހުށަހެޅިއެވެ. އަދި މައްސަލަ ފުރަތަމަ ނިމުނު އިރު އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ރިޑަންޑަންސީގެ އުސޫލުން، ދޮޅު ލައްކައެއްހާ ރުފިޔާ ދިނުމަށް ފަހުއެވެ. އެ މައްސަަލަ އޭނާ އެންމެ ފުރަތަމަ ޓްރައިބިއުނަލަށް ހުށަހެޅުމުން ނިންމާފައިވަނީ އޭނާއަށް އިތުރު ދެ މަސް ދުވަހުގެ މުސާރަށްވާ 89000 އެއްހާ ރުފިޔާ ދޭންށެވެ. 

އެ މައްސަލަ ނިންމި ގޮތާމެދު ހިތްހަމަ ނުޖެހިހެން އޭނާ އިސްތިއުނާފު ކުރުމުން މިދިޔަ ހަފްތާގައި ހައިކޯޓުން އެ މައްސަލަ ނިންމިއިރު، އޭނާއަށް މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި 511،200 ރުފިޔާ ދޭންވަނީ ހުކުމްކޮށްފައެވެ. 

އިލެކްޝަންސް ކޮމިޝަންގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އެނގޭ ގޮތުގައި އެމްޕީއެލްގެ ވަޒީފާއިން ވަކިކުރި މި މުވައްޒަފަކީ ޕީޕީއެމްގެ މެންބަރެކެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް