ބަންގްލަދޭޝްގެ އާ ސީޒަން ހުކުރު ދުވަހު ފެށިއިރު، އެއް ވަގުތެއްގައި ހަތަރު ދަނޑުގައި މެޗުތައް ކުޅުނެވެ. އެންމެ ފަހުގެ ޗެމްޕިއަން ބަޝަންދުރާ އޯޕަނިން މެޗު ކުޅުނީ އަމިއްލަ ދަނޑުގައެވެ.
ބަންގްލަދޭޝް އާ ސީޒަންގައި 10 ޓީމު ވާދަކުރާއިރު، ކުރިން އޮތީ 11 ޓީމު ކުޅޭ ގޮތަށެވެ. އެހެންނަމަވެސް މާލީ ސަބަބުތަކާ ހުރެ އެއް ޓީމުންވަނީ މުބާރާތް ފެށުމުގެ ކުރިން މުބާރާތުން ވަކިވެފައެވެ.
ބަންގްލަދޭޝް ފުޓްބޯޅަ ލީގުގެ ފުރަތަމަ ފިޔަވަހީގެ ހުރިހާ މެޗެއްވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ހަފްތާ ބަންދާއި ހުކުރު އަދި ހޮނިހިރު ދުވަހުއެވެ.
ބަންގްލަދޭޝްގެ ޗެމްޕިއަނުން އޭއެފްސީ ކަޕުގައި ޖެހޭނީ ރާއްޖޭގެ ކްލަބްތަކާ އެއް ގްރޫޕެއްގައެވެ.