އެމްޑަބްލިއުއެސްސީން މިރޭ ބުނެފައި ވަނީ ދުވާފަރު ޕަވާ ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތެއް، މާދަމާ މެންދުރު 01:00 އިން ފެށިގެން ހަވީރު 5:00 އަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.
މި މަސައްކަތް ކުރިއަށްދާއިރު، ދުވާފަރުގެ ހުރިހާ ސަރަހައްދަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެ އެވެ.
ކަރަންޓުގެ ހިދުމަތް މެދުކެނޑުމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަކަށް އެ ކުންފުނީގެ ފަރާތުން ވަނީ މައާފަށް އެދިފަ އެވެ.