ސުއަރޭޒް އިންޓަމިޔާމީއަށް ސޮއިކުރީ ހުކުރު ދުވަހުއެވެ. ސުއަރޭޒް އިންޓަމިޔާމީއަށް މި ބަދަލުވީ، މެސީގެ އެދުމުގެވެސް މަތިންނެވެ.
ސުއަރޭޒް ވަނީ 2014 އިން 2020 އަށް ކެމްޕް ނޯގައި މެސީއާއެކު ހަ ސީޒަން ކުޅެފައެވެ. އެ މުއްދަތުގައި ސްޕެނިޝް ލަލީގާގެ ހަތަރު ތަށި އަދި 2015 ވަނަ އަހަރުގެ ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވެއެވެ.
ކުރިން ލިވަޕޫލާއި އެތުލެޓިކޯ މެޑްރިޑް އަދި އަޔަކްސް އަށް ވެސް ކުޅުނު ސުއަރޭޒް ބުނީ އިންޓަ މިއާމީއާ އެކު ވެސް ކާމިޔާބީތަކެއް ހޯދޭނެ ކަމަށެވެ. ޔޫރަޕުގައި ކުޅުމަށް ފަހު ސުއަރޭޒްވަނީ ބްރެޒިލްގައިވެސް ކުޅެ. ބްރެޒިލް ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައެވެ.