ވިލުފުށި ސުނާމީ ބިނާ ރައީސް ހުޅުއްވައިދެއްވައިފި
26 ޑިސެމްބަރ 2019 - 15:11:02
ދެހާސް ހަތަރުވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާގެ ހަނދާނުގައި ތ. ވިލުފުށީގައި ހަދާފައިވާ ސުނާމީ ބިނާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ހުޅުއްވައިދެއްވައިފި އެވެ.

ރައީސް ސޯލިހް މިބިނާ ހުޅުއްވައިދެއްވީ ސުނާމީ ކާރިސާއާ ގުޅިގެން ރާއްޖޭގައި ކޮންމެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ފާހަގަކުރާ އެއްބައިވަންތަކަމުގެ ދުވަސް ވިލުފުށީގައި ފާހަގަކުރުމަށް މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތުގެ ކުރިންނެވެ.
ސުނާމީ ކާރިސާއަށް މިއަދު 15 އަހަރު ފުރުނުއިރު މިކާރިސާގައި 82 މީހުން ވަނީ މަރުވެފަ އެވެ. ވީނުވީއެއް ނޭނގި 26 މީހަކު ގެއްލިފައިވާއިރު 1300 އަށް ވުރެ ގިނަ ގެދޮރު ވަނީ ގެއްލިފަ އެވެ.
ވިލިފުއްޓަކީ ސުނާމީ ކާރިސާގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް ރަށެވެ. ވިލުފުއްޓަށް ލިބުނު ގެއްލުންތަކާއި ގުޅިގެން އެރަށުން މީހުން ބޭލުމަށްފަހު އެރަށް އަލުން ސޭފް އައިލެންޑެއް ގޮތަށް ތަރައްގީކޮށް ވިލުފުށީގައި އަލުންބ މީހުން އާބާދުކުރީ ސުނާމީ ކާރިސާއަށް ފަސް އަހަރުވީ ފަހުންނެވެ.
ސުނާމީ ކާރިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިވުމަށް ދިވެހިންގެ ފަރާތުން ފެނިގެން ދިޔަ ލާމަސީލް މިސާލާ ގުޅިގެން ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހަކީ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަން ނިންމާ، މިދުވަސް ފާހަގަކުރަން ފެށީ 2005 ވަނަ އަހަރުން ފެށިގެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް