ads
ދިމާވި މައްސަލައަށް ވަގުތީ ހައްލެއް ގެނެސް ދޮންފަނަށް ކަރަންޓު ދީފި
ބ. ދޮންފަނު އިންޖީނުގޭގައި ހިންގަމުން ދިޔަ ޖެނެރޭޓަރުތަކަށް ދިމާވި މައްސަލަ ވަގުތީގޮތުން ހައްލުކޮށް އަލުން ކަރަންޓުގެ ހިދުމަތް ދީފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ) ބުނެފި އެވެ.

ފެނަކައިން ބުނެފައި ވަނީ ދޮންފަނު އިންޖީނުގޭގައި ހިންގަމުން ދިޔަ ޖެނެރޭޓަރުތަކަށް ދިމާވި މައްސަލައަށް ވަގުތީ ހައްލެއް ގެނެވި، ހަވީރު 5:45 ގައި މުޅި ރަށަށް ކަރަންޓު ދީފައިވާ ކަމަށެވެ.

ދޮންފަނަށް ކަރަންޓުގެ ހިދުމަތްދެމުން އަންނަ ފެނަކައިން ބުނީ އެ ކުންފުނީގެ އިންޖީނުގޭގައި ހިންގަމުން ދިޔަ ޖެނެރޭޓަރުތަކަށް ދިމާވި މައްސަލައަކާ ގުޅިގެން މުޅި ރަށުން މިއަދު ހަވީރު ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ކަމަށެވެ.

ޖެނެރޭޓަރުތަކަށް ދިމާވި މައްސަލަ ހައްލުކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ޖެންސެޓްތައް މަރާމާތު ކުރުމަށް ބޭނުންވާ ސްޕެއާ އާއެކު ޓެކްނިކަލް ޓީމެއް އެ ރަށުގައި ހަރަކާތްތެރިވެ، ދިމާވި މައްސަލައަށް ވަގުތީ ހައްލެއް ގެނެވިފައިވާ ކަމަށް ފެނަކައިން ބުނެ އެވެ.

ފެނަކައިން ބުނި ގޮތުގައި ދޮންފަނަށް އިތުރު ޖެންސެޓެއް ހޯދުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުން އަންނަ ކަމުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް