ads
ދިވެއްސަކު ގެއްލުމުން ރާއްޖޭގަ ހުރި ހުރިހާ ވަސީލަތެއް ބޭނުންކުރުން މަޖުބޫރު: އަމްރު
ގެއްލޭ މީހުން ހޯދަން ރާއްޖޭގައި އެވަގުތުހުރި ހުރިހާ ވަސީލަތެއް ބޭނުންކުރުން މަޖުބޫރު ކަމަށް އެސްޓީއޯގެ ކުރީގެ ސީއީއޯ ހުސެއިން އަމްރު ވިދާޅުވެއްޖެ އެވެ.

އަމްރު މިހެން ވިދާޅުވީ، ސ. ގަމުގެ ދެކުނު ފަރާތަށް އިހި ނަގަން ފޭބި 18 އަހަރުގެ މުހައްމަދު ނައީޝް ހޯދުމުގެ މަސައްކަތައް އިންޑިއާގެ ސިފައިން ރާއްޖޭގެ އޮޕަރޭޓް ކުރަމުން އަންނަ ޑޯނިއާ އުޅަނދު ބޭނުން ނުކުރާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށެވެ.

އޭނާ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރުގެ އެންމެ ބޮޑު ޒިންމާ އަކީ ދިވެހިންގެ ފުރާނަ ހިމާޔަތްކުރުން ކަމަށެވެ.

”‏ދިވެއްސަކު ކަނޑުމަތިން ގެއްލުމުން ރާއްޖޭގަ ހުރި ހުރިހާ ވަސީލަތެއް ބޭނުންކުރުން މަޖުބޫރު، “ އަމްރުގެ ޓުވީޓުގައި ވެއެވެ.

އޭނާ ވިދާޅުވީ، ގެއްލޭ ‏މީހުން ހޯދުމުގެ މަސައްކަތަކީ ވަކި ވަސީލަތްކަކާ އުކުޅު ބޭނުންކުރަންޖެހޭ ކަމެއް ކަމަށާއި، ‏އެ ލިބެން ހުއްޓާ ބޭނުން ނުކުރުމަކީ ގޯހެއް ކަމަށެވެ.

ނައީޝް ހޯދުމަށް ސިފައިންގެ ހެލިކޮޕްޓަރުގެ ބަދަލުގައި ބޭނުންކުރަމުން ގެންދަނީ މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގެ މަތިންދާ ބޯޓެކެވެ. އޭނާ ހޯދުމަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން ކުރިއަށްގެންދާ އޮޕަރޭޝަންގައި ވައިގެމަގުން 23.46 ސްކޮޔަ ނޯޓިކަލް މޭލު މިހާތަނަށް ބަލާފައި ވެއެވެ. އަދި ކަނޑުމަގުން 490 ސްކޮޔަ ނޯޓިކަލް މޭލު ބަލާފައިވާއިރު، ޑައިވްކޮށްގެން 1 ސްކޮޔަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާފަ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް