ads
މަކަރާއި ހީލަތުގެ މައްސަލައެއްގައި ކޯޓަށް ހާޒިރު ނުވި މީހަކު ފުލުހުން ހޯދަނީ
ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މަކަރާއިހީލަތް ހެދުމުގެ ކުށުގެ މައްސަލައާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ބުނީ މި އަމުރާ ގުޅިގެން ހޯދަމުން ދަނީ އުމުރުން 53 އަހަރުގެ ތ. ވިލުފުށި / ފީރޯޒްގެ، ޙަސަން ނިޒާރު ކަމަށެވެ.  

"ޙަސަން ނިޒާރު ހޯދަމުންދަނީ މަކަރާއިހީލަތް ހެދުމުގެ ކުށުގެ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން 2023 ޑިސެމްބަރު 26 ވަނަ ދުވަހުގެ 10:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން،" ފުލުހުން ބުންޏެވެ.

ޙަސަން ނިޒާރުއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭކަމަށް ވެސް ފުލުހުން ބުންޏެވެ.

މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ޝުކުރު ދަންނަވާކަމަށް ވެސް ފުލުހުން މިއަދު ބުންޏެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް