ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުމުގެ ހަރަކާތަކީ އުރީދޫން ކޮންމެ އަހަރު ބާއްވާ ފަން ރަން އެވެ.
ފަސް ކިލޯމީޓަރުގެ މި އުފާވެރި ދުވުން ކުރިއަށް ގެންދިޔައީ އިއްޔެ ހަވީރު ހުޅުމާލެ ސެންޓްރަލް ޕާކުން ފެށިގެން ގޮސް ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭއެއްގެ ހިތްގައިމު މަގުތައް ހިމެނޭ ގޮތަށެވެ.
އުރީދޫ ފަން ރަންގައި މި އަހަރު 6،000 އަށްވުރެ ގިނަ ދުވުންތެރިން ބައިވެރިވިއެވެ.