ޕްރިމިއާ ލީގުގައި ފުރަތަމަ ފަހަރަށް ރެފްރީކަން ކުރި އަންހެން ރެފްރީއަކީ، ރެބެކާ ވެލްޝްއެވެ. އޭނާ ރެފްރީކަން ކުރީ، ފުލަމްގެ މައްޗަށް ބާންލީ އިން 2-0 ގެ ނަތީޖާއަކުން ކުރިހޯދި މެޗުގައެވެ.
ވެލްޝް އެންމެ ފުރަތަމަ ރެފުރީކަން ކުރަން ފެށީ މީގެ 15 ވަރަކަށް އަހަރު ކުރިން ޕާޓްޓައިމް ވަޒީފާއެއްގެ ގޮތުގައެވެ. އެހެންނަމަވެސް 2019 ވަނަ އަހަރުން ފެށިގެން ވެލްޝްވަނީ ރެފްރީކަން ކުރުމަށް ހުސްވެފައެވެ. މި އަހަރުގެ ޖަނަވަރީ މަހު ވެލްޗު ވަނީ ޗެމްޕިއަންޝިޕުގައި ވެސް ރެފުރީކަން ކޮށްފަ އެވެ. އެއާ އެކު އޭނާ ވެގެންދިޔައީ ޗެމްޕިއަންޝިޕުގައި ރެފުރީކަން ކުރި ފުރަތަމަ އަންހެން ރެފުރީ އަށެވެ.
ދަނޑުމަތީގައި ޖެހިލުން ކުޑަ އަންހެން ރެފުރީ، ވެލްޝް ވަނީ 2020 ވަނަ އަހަރު ފީފާ އެލީޓް ރެފުރީންގެ ލިސްޓަށް ވެސް އަރައިފަ އެވެ.