ads
އެސްއީޒެޑްގެ ފުރަތަމަ ޕްރޮޖެކްޓްގެ ގޮތުގައި 100 މެގަވޯޓް ސޯލާ ޕްރޮޖެކްޓެއް
ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ފުރަތަމަ ޕްރޮޖެކްޓްގެ ގޮތުގައި 100 މެގަވޯޓް ސޯލާ ޕްރޮޖެކްޓެއް ލިބިފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވައިފި އެވެ.
Advertisement

މޯލްޑިވްސް އެސޯސިއޭޝަން ފޯ ކޮންސްޓްރަކްޝަން އިންޑަސްޓްރީ، މަސީގެ ބިލްޑާޒް އެވޯޑު ދިނުމަށް މިރޭ މާގިރި ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެސްއީޒެޑްގެ ގާނޫނޫގެ ދަށުން އިންވެސްމެންޓްތަކަށް މިހާރު ހުޅުވާލާފަކަމަށެވެ.

އެގޮތުން އެސްއީޒެޑް އަށް އިންވެސްޓް ކުރުމަށް ފުރަތަމަ ޕްރޮޕޯސަލް މިހާރު ލިބިފައިވާކަމަށް ރައީސް ވިދާޅުވި އެވެ.

"ފުރަތަމަ ޕްރޮޮޕޯސަލް މިހާރު އަޅުގަނޑުމެންނަށް މިހާރު ވަނީ ލިބިފައި. އެ ޕްރޮޕޯސަލްއަކީ ވެސް ރިނުއުބަލް އެނާޖީ ދާއިރާއިން 110 މެގަވޯޓް ހާސިލްވެގެންދާ އެސްއީޒެޑް ޕްރޮޕޯސަލް އެއް. އެ ޕްރޮޕޯސަލް އަޅުގަނޑުމެންނަށް ލިބިފައިވާކަން އުފަލާއެކު އިއުލާންކުރަން" ރައީސް ވިދާޅުވި އެވެ.

އެއީ ކޮޕް28 އަށް ފަހު އެއްވެސް ގައުމަކުން އެ މަގްސަދު ހާސިލްކުރުމަށް ފަށާ މަސައްކަތް ގޮތުގައި ރައީސް ފާހަގަކުރެއްވި އެވެ. 

އިއާދަ ކުރަވަނިވި ހަކަތައިގެ ދާއިރާގައި ކޮންސްޓްރަކްޝަން އިންޑަސްޓްރީން މުހިއްމު ރޯލެއް އަދާކުރަން ޖެހޭކަމަށާއި ބޭރުގެ ފަރާތްތަކުގެ އަތް މައްޗަށް ހުރިހާ ކަންކަމެއް ދޫކޮށްނުލުމަށް ރައީސް ވަނީ އިލްތިމާސްކުރައްވާފަ އެވެ.

ރާއްޖެއަށް އިތުރު އިންވެސްމެންޓް ގެނައުމަށް ކުންފުނިތަކުން ވެސް މަސައްކަތް ކުރަން ޖެހޭޖަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެސްއީޒެޑްގެ ފުރުސަތުތައް ވަނީ ތަންމިނަށް ހުޅުވާލެވިފައިކަމަށެވެ.  

ޑިސެމްބަރު 17 ވަނަ ދުވަހު ރައީސް ނެރުއްވި ގަރާރުގައި ވަނީ އެސްއީޒެޑްގައި އެންމެ ކުޑަކޮށް އިންވެސްޓް ކުރެވޭނެ މިންވަރަކީ 100 މިލިޔަން ޑޮލަރު ކަމުގައި ކަނޑައަޅާފައެވެ.

އެ ގަރާރުގައިވާ ގޮތުގައި މާލީ ދާއިރާ ފިޔަވާ އެހެން ހުރިހާ ދާއިރާތަކުގެ ހުށަހެޅުންތައް ދިރާސާ ކުރުމުގައި އިންވެެސްޓްމެންޓްގެ އަގު ކަމުގައި ބަލާނީ، ޑިވެލޮޕާ ގާއިމުކުރުމަށް ހުށަހަޅާ މުޅި އިންވެސްޓްމެންޓް ގާއިމު ކުރުމަށް އެ ފަރާތުން ހަރަދު ކުރުމަށް ހުށަހަޅާ މިނިމަމް ފިކްސްޑް އިންވެސްޓްމެންޓް އަދަދު ކަމުގަ އެވެ.

މީގެ އިތުރުން މާލީ ދާއިރާއިން ހުށަހަޅާ ހުށަހެޅުންތައް ދިރާސާކުރުމުގައި އިންވެެސްޓްމެންޓްގެ އަގު ކަމުގައި ބަލާނީ، ޑިވެލޮޕާ ގާއިމުކުރުމަށް ހުށަހަޅާ، މުޅި އިންވެސްޓްމެންޓް ގާއިމުކުރަން ހަރަދު ކުރާ ފިކްސްޑް އިންވެސްޓްމަންޓަށާއި މާލީ ހިދުމަތް ފަށައިގަތުމަށް ރާއްޖެއަށް ގެނައުމަށް ޑިވެލޮޕަރު ކޮމިޓް ކުރާ ކެޕިޓަލް އިންވެސްޓްމެންޓް ކަމަށް ރައީސްގެ އެ ގަރާރުގައި ބަޔާންކޮށްފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް