ads
ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި ދިވެހިންނަށް ހާއްސަ 3 ދާއިރާއެއް ކަނޑައަޅައިފި
ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި ހަމައެކަނި ދިވެހިންނަށް މަަސައްކަތް ކުރެވޭނެ 3 ދާއިރާއެެއް ކަނޑައަޅާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

މޯލްޑިވްސް އެސޯސިއޭޝަން ފޯ ކޮންސްޓްރަކްޝަން އިންޑަސްޓްރީ، މަސީގެ ބިލްޑާޒް އެވޯޑު ދިނުމަށް މިރޭ މާގިރި ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މިއަދު އޮތް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށް ނިންމެވި ނިންމެވުންތަކުގައި ތެރެއިން އެއްކަމަކީ ދިވެހިންނަށް ހާއްސަ ދާއިރާތައް ކަނޑައެޅުން ކަމަށެވެ.

އެ ދާއިރާތަކުގައި ދިވެހިންނަށް އެކަނި މަސައްކަތް ކުރެވޭގޮތައް ބަދަލުތައް ގެންނާނީ އެކިއަހަރުތަކަށް ބަހާލައިގެން ވަކި މަރުހަލާތަކެއްގެ ތެރެއިން ކަމަށް ރައީސް ވިދާޅުވި އެވެ.

އެގޮތުން ދެ އަހަރުން ފެށިގެން ފަސް އަހަރާ ހަމައަށް އެކިދާއިރާތަކުގައި ދިވެހިންނަށް އެކަނި މަސައްކަތް ކުރެވޭ ގޮތައް ބަދަލުގެންނަށް ނިންމާފަައިވާމަށާއި އެގޮތައް ބަދަލު ގެންނާނީ އެ ދާއިރާތަކުގެ އިސް ފަރާތްތަކާއެކު މަސައްކަތް ކުރެވިގެންކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ ދާއިރާތަކަށް ހާއްސަކޮށް ދިވެހިން ތަމްރީން ކުރެވިގެންދާނެކަމަށެވެ. 

އެގޮތުން ރައީސް ވަނީ ކޮންސްޓްރަކްޝަން ދާއިރާގައި ހަމައެކަނި ދިވެހިންނަށް މަސައްކަތް ކުރެވޭނެ ދާއިރާގެ ގޮތުގައި ތިން ދާއިރާއެއް ފާހަގަކުރައްވާފައެވެ.

އެ ތިން ދާއިރާއަކީ: 

  • ބިލްޑިން އިންސްޕެކްޓާ
  • ސައިޓް ސުޕަވައިޒާ 
  • ސާވެއާ

އޭގެ ބޭނުމަކީ ދިވެހިވަންތަކަން ހުރިހާ ކަމެއްގެ ތެރެއިން ގެނައުން ކަމަށާއި، ދިވެހިންގެ އަތް މައްޗަށް ހުރިހާ ކަމެއް ގައުންކަމަށް ރައީސް ވިދާޅުވި އެވެ.

ކުރިއަށް އޮތް ތަނުގައި ސިވިލް އިންޖިނިއަރުން، އާޗިޓެކްޓުން އިތުރުންވެސް ބައެއް ދާއިރާތައް ދިވެހިންނަށް ހާއްސަކުރެވިގެންދާނެކަމަށް ވިދާޅުވި އެވެ.

ކުރިއަށް އޮތް 20 އަހަރުގެ މާސްޓާ ޕްލޭންގައި އެގޮތައް ވާނެކަމަށާއި، ވިސްނުމަކީ މުޅި އިންޑަސްޓްރީއަކީވެސް ދިވެހިން އެކަނި މަސައްކަތް ކުރާ އިންޑަސްޓްރީ އަކަށް ބަދަލުވެގެން ދިއުން ކަމަށް ވިދާޅުވި އެވެ.

57%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
29%
ވަރަށް ސަލާމް
ކޮމެންޓްސް