މިއީ މި ފަދަ ބައްދަލުމުވެއް ކުރިޔަށް ގެންދަވާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.
މި ބައްދަލުވުމާއި ބެހޭ ގޮތުން ދެ ބޭފުޅުންވެސް މީޑިޔާއަށް އެއްވެސް މައުލޫމާތެއް ދެއްވާފައެއް ނުވެއެވެ.
މިދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުުރުގައި ރައީސް މައުމޫނު އަދި އެމްއާރްއެމް އިން ވެސް އެއްވެސް ފަރާތަކަށް ތާއީދުކޮށްފައި ނުވާ އިރު އެމަނިކުފާނުގެ ދަރިކަލުން މުހައްމަދު ޣައްސާން މައުމޫނާއި ދަރިކަނބަލުން ދުންޔާ މައުމޫން އިންތިހާބުގައި ތިއްބެވީ ރައީސް ޑރ. މުއިއްޒާ އެކުގައި ކަން ފާހަގަ ކޮށްލެވެއެވެ.
ރައީސް ޑރ. މުއިއްޒާއި ސިޔާސީ އެހެން އިސް ބޭފުޅުން މިދިޔަ ހަފުތާގައި ވެސް ބައްދަލުކުރެއްވި އެވެ. އޭގެ ތެރޭގައި ހިމެނެނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އެމްޑީއޭގެ ލީޑަރު ސަންޓްރެވަލް އަހުމަދު ސިޔާމާއި އެމްއެންޕީގެ ރައީސް ނާޒިމް އަދި ޑިމޮކްރެޓިކްސް ޕާޓީގެ ރައީސް ހަސަން ލަތީފެވެ.