ads
މިންތީގެ ހަމަހަމަކަން މުއައްސަސާތަކަށް ތައާރަފްކުރަން ނިންމައިފި
ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ މުއައްސަސާތަކުގައި "ޖެންޑާ އިކުއަލިޓީ ސީލް" ތައާރަފް ކުރަން ރައީސް ޑރ މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް އިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

"ހަމަހަމަކަން ކަށަވަރު" ނިޝާނަކީ އިޤްތިޞާދީ ގޮތުން ދެ ޖިންސުގެ މެދުގައި ހުރި ފަރަގުތައް ނައްތާލުމަށާއި ވަޒީފާގެ މާހައުލަކީ ދެ ޖިންސަށް ވެސް ހަމަހަމަ ފުރުސަތުތަކެއް ކަށަވަރުވެފައިވާ ފަހި މާހައުލަކަށް ހެދުމަށްޓަކައި ހުރިހާ އިދާރާތަކުގައިވެސް މިންތީގެ ހަމަހަމަކަމަށް ބާރުއެޅުމުގެގޮތުން ޤައުމީ ފެންވަރުގައި އެކުލަވައިލެވިފައިވާ ނިޒާމެއްކަމަށް ރައީސް އޮފީހުން ބުންޏެވެ. 

އެގޮތުން، މަސައްކަތްތައް ބައްޓަންކުރަންވީ މައިގަނޑު ދާއިރާތަކާއި މިންގަނޑުތަކެއް ކަނޑައަޅައި، މި މިންގަނޑުތައް ހާސިލުކުރުމަށް ހިތްވަރުދިނުމަށާއި، މިންތީގެ ހަމަހަމަކަމަށް ވަކާލަތުކޮށް ކާމިޔަބީތައް ހޯދާފައިވާ އިދާރާތަކުގެ އަގު ވަޒަންކުރުމަށް މި ނިޝާން ދެވިގެންދާނެއެވެ.

"ހަމަހަމަކަން ކަށަވަރު" ނިޝާންގެ އަސާސީ މިންގަނޑުތަކުގެ ތެރޭގައި މައިގަނޑު ފަސް ކަމެއް ހިމެނެއެވެ. އޭގެ ތެރޭގައި، އިދާރާއަށް މުވައްޒަފުން ޢައްޔަނުކުރުމުގައި ޖެންޑާ ނިއުޓްރަލް އުސޫލެއް ގެންގުޅުމާއި، މިންތީގެ ތަފާތުކުރުންތައް އަދި ޖިންސީ ފުރައްސާރަކުރުން ހުއްޓުވައި އެކަން ޙައްލުކުރުމަށް ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރުމާއި، ޖެންޑަރ ރެސްޕޮންސިވް އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމާއި، ހަމަހަމަ މަސައްކަތްތަކަށް ހަމަހަމަ އުޖޫރައެއް ދިނުމުގެ އިތުރުން ކަންކަން ނިންމާ ފެންވަރުގައި ނުވަތަ މެނޭޖްމަންޓް ލެވެލްގައި މިންތީގެ ހަމަހަމަކަމަށް އަހައްމިއްޔަތުކަން ދައްކުވައިދިނުން ހިމެނެއެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާގެ މަގުޗާޓުގައި 'ދައުލަތުގެ އިދާރާތަކާއި އަމިއްލަ ވިޔަފާރިތަކާއި ކުންފުނިތަކުގައި މިންތީގެ ހަމަހަމަކަމަށް ބާރުއެޅުމުގެގޮތުން ގައުމީ ފެންވަރުގައި "ހަމަހަމަކަން ކަށަވަރު" ނިޝާން ތައާރަފުކުރުން' ވަނީ ހިމަނުއްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް